WAMCO ah sarukaarun heydha kuran jehenee geybiseethakun faisaa nudhahkaathee
image
ފޮޓޯ: ރާއްޖެއެމްވީ
2 ކޮމެންޓް
 

ވެމްކޯއަށް ސަރުކާރުން ހޭދަކުރަންޖެހެނީ ގޭބިސީތަކުން ފައިސާ ނުދައްކާތީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިންގުމަށް ސަރުކާރުން ހޭދަ ކުރަން ޖެހެނީ ކުނި އުކުމުގެ ހިދުމަތް ހޯދާ ގޭބިސީތަކުން ގަވައިދުން ފައިސާ ނުދައްކާތީ ކަމަށް އެކުންފުނިން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ފައިނޭންސް މެނޭޖަރު މުހައްމަދު އިގްބާލު ވިދާޅުވީ، ވެމްކޯއިން ކުނި އުކުމުގެ ހިދުމަތް ހޯދާ ފަރާތްތަކުން ގަވައިދުން ފައިސާ ދައްކާނަމަ އެކުންފުންޏަކީ ލިބޭ އާމްދަނީން ކުންފުނި ހިންގުމުގެ ހަރަދު ބެލެހެއްޓުމުގެ ގާބިލުކަން ހުންނާނެ ކުންފުންޏެއް ކަމަށެވެ.

އިގްބާލް ވިދާޅުވީ، ގަވައިދުން ފައިސާ ދައްކަމުން ދަނީ ހިދުމަތް ހޯދާ 20،000 ގޭބިސީގެ ތެރެެއިން 40 އިންސައްތަ ގޭބިސީ އަކުން ކަމަށެވެ. ގަވައިދުން ފައިސާ ނުދައްކާ 60 އިންސައްތަ ގޭބިސީގެ ތެރޭގައި ދިގު މުއްދަތަކަށް ފައިސާ ނުދައްކާ ގޭބިސީތައް ވެސް ހުރި ކަމަށް އިގްބާލު ވިދާޅުވިއެވެ.

އިގްބާލު އުތުރަށް ވިދާޅުވީ، ގަވައިދުން ފައިސާ ނުދެއްކާތީ ކުންފުނި ހިންގުމަށާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ވެސް ސަރުކާރުގެ ބަޖެޓުން ހޭދަކުރަން ޖެހުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

"ކުންފުނި ހިންގަން ސަރުކާރުން މިނެގެނީ އެންމެހާ ރައްޔިތުންގެ ޓެކްސް ފައިސާ. އަދި ވެމްކޯއަކީ ޖީއެސްޓީއަށް ރެޖިސްޓާޑް ކުންފުންޏަކަށްވާތީ، ހަމަ އެ ފައިސާވެސް ސަރުކާރައް ދައްކަންޖެހޭ. އަދި ފައިސާ ނުދެއްކިއްޖެއްޔާ ޖޫރިމަނާވެސް ނެގޭނެ."
އިގްބާލު ވިދާޅުވިއެވެ.

ގޭބިސީތަކުން އުފެދޭ ކުނި ވެމްކޯ އިން އުކައިދެނީ 100 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
ކުނި ވެމްކޯ ސަރުކާރު
ހިޔާލު

ފައިސާ ފައިސާ

ފައިސާ ބަރާބަރަށް ދެއްކިޔަސް ކުނި އުކާނުދޭ. ގޭގެ ބޭރުގައި ބެހެއްޓިޔަސް ނުނަގާ. އަމިއްލައަށް ލޮރީއަށް އަޅަން ޖެހެނީ. މީމަގޭ ތަޖުރިބާ އެހެން މީހެއްގެ ގޮތެއް ނޭނގެ.

އައްލާބެއްޔާ

ތިޔައީ އެއްވެސް ކަމެއްނޫން! ކާޑް މެޝިން އާއި ބިލް ހިގައިގެން ގޭގެއަށް ދަނިކޮއް ކާމިޔާބު ވާނެ! މީހުން ބިޒީކޮއް އުޅޭތީ ވާގޮތް!