Salman aai Shah aaeku Bhansali ge film in fennaanee Alia
image
ސަލްމާން އާއި ބަންސާލީ އަދި އާލިއާ އާއި ޝާހް--
0 ކޮމެންޓް
 

ސަލްމާން އާއި ޝާހުއާއެކު ބަންސާލީގެ ފިލްމުން ފެންނާނީ އާލިއާ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ފެނިގެންދާނީ ސަލްމާން ހާން އާއި ޝާހްރުކް ހާނު އެކުގައި ކަމަށް އަޑު ފެތުރެމުންދަނިކޮށް އެފިލްމުގެ ލީޑު ބަތަލާގެ ރޯލަށް އާލިއާ ބަޓް ނެގުމުގެ މަޝްވަރާ ފަށާފައިިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު ނެރުނު ބަންސާލީގެ ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި ސަލްމާން މަސައްކަތް ކުރިއިރު މިއީ އޭގެ ފަހުން ބަންސާލީއާއެކު ސަލްމާން މަަސައްކަތް ކުރާ ފުރަތަމަ ފަހަރުވެސް މެއެވެ. ޝާކު ވެސް އެންމެ ފަހުން ބަންސާލީއާއެކު މަސައްކަތް ކޮށްފައި ވަނީ 2002 ވަނަ އަހަރު ނެރުނު ފިލްމު، "ދޭވްދާސް" ގައެވެ.

މީގެކުރިން އާލިއާ ބަންސާލީ އާއި ސަލްމާންއާއެކު މަސައްކަތް ކޮށްފައެއް ނުވެއެވެ. އެހެން ކަމުން މިއީ އެމީހުންނާއެކު އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރެވެ. އާލިއާ ވަނީ ޝާހު އާއެކު 2016 ވަނަ އަހަރު ނެރުނު ފިލްމު "ޑިއާ ޒިންދަގީ" ގައި ފުރަތަމަ ފަހަރަށް މަސައްކަތް ކޮށްފައެވެ.

ބަންސާލީގެ ކުރިއަށް އޮތް ފިލްމާއި ގުޅޭގޮތުން މައުލޫމާތުތައް މިހާތަނަށް މީޑިއާއަށް ހިއްސާކޮށްފައި ނުވާއިރު އޭނާގެ ފިލްމެއްގައި މަސައްކަތް ކޮށްލުމަކީ ބޮލީވުޑުގެ ގިނަ ތަރިން ދެކޭ ހުވަފެނެކެވެ. ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓުކޮށްފައިވާ ބަންސާލީގެ އެންމެ ފަހުގެ މަސައްކަތަކީ "ޕަދްމާވަތު" އެވެ. ބޮޑު ތަރުހީބެއް ލިބުނު އެފިލްމުގެ ލީޑުން ފެނިގެންގޮސްފައި ވަނީ ރަންވީރު ސިންގް އާއި ދީޕިކާ ޕަޑުކޯން އަދި ޝާހިދު ކަޕޫރެވެ.
ހިޔާލު