Gasim ge ninmumah thaa'eedhu nukuraakamah Aisha vidhaalhu vejje
image
ގާސިމްގެ ނިންމުމަށް ތާއީދު ނުކުރާކަމަށް އައިޝާ ވިދާޅުވެއްޖެ
5 ކޮމެންޓް
 

ގާސިމްގެ ނިންމުމަށް ތާއީދު ނުކުރާކަމަށް އައިޝާ ވިދާޅުވެއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ޔާމީންގެ ފަޅިން ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންނަށް ޖުމްހޫރޫ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ތާއީދު ކުރެއްވި ނަމަވެސް، ރައީސް ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެކަމަށް ގާސިމްގެ ހަގު އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ "ރިޓްރީޓް ހުޅުމާލެ" ރެސްޓޯރެންޓެއް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ރާއްޖެ ޓީވީއާއި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ ހުންނެވީ ސަރުކާރުގެ ދިފާޢުގައި ސާބިތުކަން މަތީ ކަމުގައެވެ.

އައިޝާ ވިދާޅުވީ ހުންނެވީ ސަރުކާރާއި އެކުކަމަށާއި ޔާމީންގެ ފަޅިން ނިކުމެފައިވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމުގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވި ގޮތަށް ދުވަހަކުވެސް ރައީސް ޔާމީނަށް މަޢާފް ނުކުރައްވާނެކަމަށާއި ދެކެވަޑައިގަންނަވާ ގޮތުގައި ޖޭޕީ ވެސް އޮތީ ސަރުކާރު ކޯލިޝަނުގައި ކަމަށް އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރު އައިޝާ ސަރުކާރާއި އެކު ހުންނެވިކަން ހާމަކުރެއްވި އިރު ގާސިމްގެ ނިންމެވުމާއި ޖޭޕީގެ ކައުންސިލްގެ ގިނަ ބޭފުޅުންތަކެއްވެސް ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.
ހިޔާލު

އަހުރެން

ގާސިމްގެ ނިންމެވުން ނިންމީ ޖަމީލުއާއި ނާޒިމް އަޑީގައި ހުރެގެން. ތިޔަ ނިންމުމަށް ތާއީދުކުރަނީގެ ޖޭޕީއިން އެދެމީހުންނާއި ޕީޕީއެމް އިން އައި ކުނިބުނި ތަކާއި ގާސިމް އެކަނި. ޖޭޕީގެ މީހުން ތާއީދު އެއް ނުކުރޭ ގާސިމްގެ ނިންމުމަކަށް.
ޔާމީންގެ ރޭވުން ވަރަށް ކާމިޔާބު. އޭނާ ދިމާ ކުރީ ކޯލިޝަންގައި ހުރި އެންމެ ފަސޭހައިން ބޯކާލެވޭ މީހާއަށް. އަދުރޭ އާއި ނިހާނު އާއި ރިޔާޒުމެން ވިލާ ކުންފުނީގެ އޮފީހުން ނުނިކުމެ ގާސިމް ކައިރީ ވިއްދައިގެން ތިބެނީ. ކުޑަ ކުއްޖަކަށް ވުރެ ފަސޭހައިން ގާސިމް ހައްލާލެވޭ!

ދަންބެރު

ކޮބާ ޤާސިމް، ރީތިވެއްޖެނުން.

ލަކޫ

މަގެ ލޯބި ޢައިޝާ ކޮއިފުޅާ ތިޔަގޮތަށް ގަދަބަސް ސިޔާސީ މައިދާނަށް ދޫކޮށް ނުލައްވާ ސިޔާސީ މައިދާނަށް ކޮއްކޮމެން އަދި އެހާ ދޮންވެ ފައްކާ ނުވޭ ! ކޮއިފުޅާ ސިޔާސީ އޮޑި އެއީ އޭރެއްގައި އޮންނަ އޮއިވަރާއި ދިޔަވަރާއި ވަޔާއި ކަންޑު ފަރު ހާހަލާއި ނެރު ފުންކަންޑު ވަރަށް ރަގަޅަށް ރާޑަރުން ބޮޑުކޮށް ބަލައިގެން ދުއްވަން އޮންނަ ހުންގާނެއް މާލީމީޔެއް ކެޕްޓަނެއް ނެތި ގިނަފަހަރު ދުއްވާއެއްޗެއް !

ފިނިފެންމާ

އައިޝާ އަވަހަށް ވަރިވޭ

ހަސަން ލަތީފް

އައިޝާ ހުންނެވިފަޅި އިބޫ އަށް ސާފް. އެއީ ފިރިކަލުން ސުމުއްވުލް އަމީރު ޤާސިމް އިބްރާހިމްގެ ފަޅި. ދެން ޤާސިމްވެސް ވެރިކަންކުރާނެ. ފަސްޓްލޭޑީ އަކަށްވާނެތީ ޕޮލިޓިކަލް ވާހަކަ މިހާރު ތިދައްކަވަނީ.