Ralaa gulhey vaahaka dhakkanee emme ginain raa vikka meehunan gulhifathibi meehun: Nasheed
image
ރައީސް ނަޝީދު ރޭ ތޮއްޑޫގައި ވާހަކަފުޅު ދައްކަވަނީ
2 ކޮމެންޓް
 

ރަލާގުޅޭ ވާހަކަ ދައްކަނީ އެންމެ ގިނައިން ރާވިއްކާ މީހުންނާ ގުޅިފަތިބި މީހުން: ނަޝީދު

މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ނުވާނެކަމަށާއި އެވާހަކަތައް (ބަދަލުކޮށްގެން) ދައްކަމުން ގެންދަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ މީހުންނާއި ގުޅިފަތިބި މީހުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭ ތޮއްޑޫގައި ދެއްކެވި ހާވަކަފުޅުގައި ރައީސް ނަޝީދު ވަނީ ދުނިޔޭގައި އެންމެ ގިނައިން ވިކޭ އެއްޗަކީ ސެންޓާއި ޗޮކްލެޓާއި ރަލާއި ސިނގިރޭޓްކަމީ ދުނިޔޭގެ ހަގީގަތެއް ކަމުގައެވެ. އަދި އެ ވިޔަފާރިއަކީ އިންތިހާއަށް ފައިދާވާ ވިޔަފާރިއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރިއަކީ ދިވެހި ރާއްޖޭގައި މާ ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއްކަމަށާއި ގެސްޓްހައުސް ވިޔަފާރިން ފައިދާ ނެގޭނެކަން އެއީ އެނގެން އޮތް ހަގީގަތެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ފާޑުކިޔަކުންނެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ގެސްޓްހައުސްތަކުގައި ރާ ވިއްކުމުގެ ހުއްދަ ދިނުމަށް ކަމަށްވެސް ދަނީ ބުނަމުންނެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމުގެ ހުއްދަދޭން އެއްގޮތަކަށްވެސް ފެނިވަޑައި ނުގަންނަވާ ކަމަށާއި އެފަދަ ވާހަކައެއް ނުވެސް ދައްކަވާ ކަމުގައެވެ.

ނަމަވެސް ހިމާމަޔަކީ ދީން ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ހަދައިގެން އެފަދަ ވާހަކަތައް ދައްކަނީ ރާއްޖޭގައި އެންމެ ބޮޑަށް ރަލުގެ ވިޔަފާރި ކުރާ މީހުންނާއި ގުޅިގެންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު
ހިޔާލު

އިބްރާހިމު

ސޭހު އަންދަލުސް (ސަމީމު) މީ ސަންޓްރެވަލް ސިޔާމްގެ ޕޭރޯލްގަ ހުންނަ މީހެއް. ރިޔާސީ އިންތިހާބުގަ ސަންސިޔާމް މައިތިރިވީމަ ސޭހުގެ އަދި އައުވާނުންގެ އަޑެއް ބަޑެއްވެސް ނީވުނެއްނު! މީ ނަޝީދު ނުބުންޏަސް އެންމެނަށް އެނގޭ ބޮޑަތި ސިއްރުތައް!

ޙަސަންމަނިކް

ހަމަތެދެއް! ސޭހު އިލްޔާސު އެއީ ގާސިމްގެ ސްޕޮންސާރގަ މެލޭޝިޔާއިން ކިޔަވާ ބޭފުޅެއް. މުޅި އާއިލާ މެލޭޝިޔާގައި ތިބެގެން ކިޔެވޭނެ އެންމެހާ ހަރަދުތައް ކުރަނީ ޤާސިމް. ރިޔާސީ އިންތިހާބު ދުވަސްކޮޅު އައްޑޫގަ ތަގުރީރުކުރަމުން މިވާހަކަތައް މިގޮތަށް ހުދު އޭނަ ބުނި!