Imaaraaiy kuyyah dhinumaai behey Qaanoonu Draft kuran bayakaai havaalu kohfi
image
އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނު ޑްރާފްޓް ކުރަން ވަނީ ހަވާލުކޮށްފައި.
2 ކޮމެންޓް
 

އިމާރާތް ކުއްޔަށް ދިނުމާބެހޭ ގާނޫނު ޑްރާފްޓް ކުރަން ހަވާލުކޮށްފި

އިމާރާތް ކުއްޔަށް ދިނުމުގެ ގާނޫނު ޑްރާފްޓްކުރަން ޕްރިމިއާ ޗެމްބާސް އަށް ހައުސިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.
ދިރިއުޅުމަށް ތަންތަން ކުއްޔަށް ދިނުމާއި ބެހޭ ގާނޫނު ޑްރާފްޓް ކުރަން ހަވާލުކުރި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދެވެ. އަދި ޕްރިމިއާ ޗެމްބާސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީނިއާ އެސޯސިއޭޓް ޑރ. މުހައްމަދު އިބްރާހިމެވެ.

އެ ގާނޫނު ތައްޔާރުކުރަނީ އިމާރާތް ކުރުމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއި އާންމުންގެ ހިޔާލުތަކާ ވެސް އެކުއެވެ.

ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ކުރިން ވިދާޅުވީ، އެ ގާނޫނު ތައްޔާރުކުރަނީ ކުއްޔަށް ދޫކުރާ މީހާ އާއި ކުއްޔަށް ނަގައި މީހާގެ ހައްގުތައް ރައްކާތެރިކޮށް ކުލީގެ މުއާމަލާތްތައް ކުރިއަށް ގެންދަން ޖެހޭނެ ގޮތުގެ ތަފްސީލާއެކު ކަމަށެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކުރާ ތަނުގައި ހުންނަން ޖެހޭ ފެންވަރާއި ކުއްޔަށް ދިނުމުގެ މުއްދަތާއި އެޑްވާންސް ފައިސާ ނެގުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް ވެސް ހިމެނޭނެއެވެ.


ހިޔާލު

އައިންތު

ރާއްޖެތެރެއިން ދަރިންނަށް ކިޔަވަދޭން އައިސް ތިބޭމީހުން ފެލުން ނޫންކަމެއް ތަން ތަން ކުއްޔައްދޭ މީހުންނަށް ނެތް.

ދދ

ތިފަދަ ބިލެއް ކުއްޓި ނަޝީދު މީގެ ކުރިންވެސް މަޖިލިހަށް ހުށަހެޅުއްވި އެބިލް ކޮބައިތޯ؟