Lasthakeh nuve internet ge agah heyo badhaleh annane:Commiunication ministry
image
މިނިސްޓަރު މަލީހް ޓެކް ކޮމިއުނިޓީ އާ ބައްދަލުކުރެއްވުމުގެ ތެރެއިން---.ފޮޓޯ:ކޮމިއުނިކޭޝަން މިނިސްޓްރީ.
7 ކޮމެންޓް
 

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޓަނެޓް އަގުހެޔޮކުރަނީ

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް "ސީއެންއެމް" އަށް ވިދާޅުވީ ލަސްތަކެއް ނުވެ އިންޓެނެޓްގެ އަގަށް ހެޔޮބަދަލެއް އަންނާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ރައްޔިތުންނަށް ހެޔޮ ހަބަރެއް ލިބޭ ވަރަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"[އިންޓަނެޓްގެ އަގު ހެޔޮވާން] ލަސްތަކެއް ނުވާނެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ހެޔޮ ހަބަރު ރައްޔިތުންނަށް ލިބޭ ވަރަށް މަސައްކަތް ކުރިއަށް އެބަދޭ،" ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓަރު ވަނީ ސާވިސް ޕްރޮވައިޑާސް ތަކާ އަދި ކަމާއި ގުޅުންހުރި އެހެން ފަރާތްތަކާ އެކު އިންޓަނެޓް އަގުހެޔޮ ކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކޮށްފަ އެވެ. އެގޮތުން އެ މަޝްވަރާތަކާ އެކު، އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރެވޭ މަސައްކަތަށް ވަރަށް އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތިރުން ސޯލިހު ވިދާޅުވީ އެމަސައްކަތް ތަކަކީ ކުޑަ މަސައްކަތެއް ނޫން ކަމަށާއި މިނިސްޓަރު ވަރަށް ބޮޑަށް އެކަން ކުރިއަށް ގެންދަވާ ކަމަށެވެ. ނަމަވެސް އިންޓަނެޓް އަގު ހެޔޮކުރެވޭނެ ސީދާ ތާރީހެއް ހާމަކުރަން ނޭންގޭ ކަމަށާއި އަގުހެޔޮ ވާނީ ކިހާ ވަރަކަށް ކަން އަދި ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލު

ކަލް

މިހާރުވެސް 800 އަށްވުރެ ގިނަ ރުފިޔާ ދައްކަން އެކަމަކު މަދު ޖީބީ ކޮޅެއް ފުލް ސްޕީޑުގަ ލިބެނީ.. އަގު ހެޔޮކުރުމަށްވާނީ ސްޕީޑާއެކު ހެޔޮކުރެވުނީމަ

މުހައްމަދު1

މިމެސެޖު މިލިޔަނީ އިންޑިއާގައި ހުރެގެން. ދުވާލަކަށް 2 ޖީބީ ލިބޭ 300 ރުޕީސްގެ ޕެކޭޖެއް ބޭނުންކޮށްގެން. ޢެވްރެޖް ސްޕީޑް 5 އެމްބީޕީ.

ޖޭޑް އައްބާސް

ހެޔޮނުވާނެ ތިއަގާ އެއްވަރަށް އިންޓަނެޓްގެ ސްޕީޑަށްވެސް ބަދަލު ތަކެއް ގެނެސްދޭތި....

ވެލާ

އަގު ހެޔޮވިއަކަސް އަދިނުވާނެ ސްޕީޑްވެސް އެހާ ސުލޯ

ކޮއްކޮ

20ރެފިޔާ ހެޔޮކޮއްފަ ބުނާނެ ހެޔޮކުރީޔޭ ކޮންބަޔެއްތީ

ޢަންލިމިޓިޑް އިންޓަނެޓް

ޢެންމެ 1 ރުފިޔާތޯ އަގުހެޔޮވާނީ؟

މުރާދޔ

600 އަށް ދާ ޕެކޭޖް 500 އަށް ތިރިކުރީމާ އަގުހެޔޮވީކީނޫނ