Raees Nasheed Lanka ah vadaigenffi
image
ރައީސް ނަޝީދު.-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ލަންކާއަށް ވަޑައިގަންނަވައިފި އެވެ.
ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ އެގައުމުގައި މިއަދު ބާއްވާ އޭޝިޔާ ޕެސިފިކް ޑިމޮކްރެޓް ޔޫނިއަން މީޓިންގައި ބައިވެރިވުމަށެވެ.

ނަޝީދުގެ އިތުރުން އެ ދަތުރުފުޅުގައި ރައީސް އޮފީހުގެ މިނިސްޓަރު ނަސީމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އިތުރުން އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީފް ބައިވެރިވެ ވަޑައިގަންނަވަ އެވެ.


އެނގިފައިވާ ގޮތުގައި އެދަތުރުފުޅުގައި ލަންކާގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރުން ލަންކާގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއް މިރޭ ލަންކާގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ދާ ކަމަށް ވެސް އެނގިފައިވެއެވެ.
ހިޔާލު