Sarukaarugaithibe JP in kulhenee idhikolhah!
image
އިދިކޮޅު ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޖޭޕީގެ ލީޑަރު ގާސިމް --
2 ކޮމެންޓް
 

ސަރުކާރުގައި ތިބެ ޖޭޕީން ކުޅެނީ އިދިކޮޅަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އިސް ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީން ސަރުކާރަށް ޖެއްސުން ކުރުމަށް އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަދި ޖުމްހޫރީ ޕާޓީގެ ޕަލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުންނާއި ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްގެ އަމަލުތަކަށް ބަލާއިރު، ސަރުކާރަށް ޖެއްސުން ކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުންނާއި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ ބިލްތަކާމެދު އަމަލު ކުރަމުންދާ ގޮތުން އެނގެއެވެ. އެއީ ކޮންމެހެން މީހަކު ބުނަންޖެހޭ ވާހަކައެއް ނޫނެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތަކާއި ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިއްމު ގުނަވަނެކެވެ. ގާނޫނީ އިމުގެ ތެރެއިން، ގާނޫނުން ބާރު ލިބިގެން ނޫންގޮތަކަށް ސަރުކާރު ބައެއް ސިޔާސަތުތަކަކީ ތަންފީޒު ނުކުރެވޭނެ ސިޔާސަތުތަކެކެވެ.

މީގެއިތުރުން ދައުލަތުގެ ނިޒާމު އޮތްގޮތުން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫންގޮތަކަށް ސަރުކާރެއް ދެމި އޮތުމަކީ ވެސް އެހާފަސޭހަ ކަމެއް ވެސް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ވަޒީރެއް އައްޔަން ކުރުމުން އެމީހަކަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. މަޖިލީހުން ރުހުން ލިބިގެން ނޫންގޮތަކަށް ވަޒީރަކަށް މަގާމުގައި ނުހުންނެވެ އެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނެގުމަކީ މަޖިލީހުގެ މެޖީރިޓީ އޮތް ބަޔަކަށް ވަރަށް ފަސޭހަ ކަމެކެވެ. އަދި ސަރުކާރަށް ޖެއްސުންކޮށް، ސަރުކާރު ހިންގަން އުނދަގޫވާނެ ހުރިހާ ކަމެއް މަޖިލީހުގެ ތެރެއިން ކުރެވިދާނެ އެވެ.

މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ ޖޭޕީ ބުރަވާ ކޮޅަކަށެވެ.

މިއަދުގެ ސިޔާސީ މަޝްރަހަށް ބަލާލާއިރު، ސަރުކާރުގެ އެންމެ އިސް ބައިވެރިޔަކީ ޖުމްހޫރީ ޕާޓީކަމަށް ވިޔަސް ފެންނަނީ އިދިކޮޅަށް ކުޅުއްވާ މަންޒަރެވެ.

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިދިކޮޅު ޕީޕީއެމާ ގުޅިގެން ޖޭޕީން ދަނީ ސަރުކާރަށް ޖެއްސުން ކުރުމުގެ ކުރަމުންނެވެ. ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް ބައިބައިވާ ހިސާބަށް ކަންތައް ހިނގަތްޖެ އެވެ. ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ޖޭޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ކަމަށެވެ. އެކަން ފެންމަތިވީ ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދޭން ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ދެކޮޅު ހެދި ހިސާބުންނެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރުދޭން ދެކޮޅު ހައްދަވަނީ ވެސް ޖޭޕީގެ މެމްބަރުންނެވެ.

ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބާރު ދޭން ޖޭޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ދެކޮޅު ހެއްދެވިއިރު، ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް ބައެއް މެމްބަރުންގެ މައްޗަށް ކުރެވިފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އެކަނިވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ޝާމިލުވާކަމަށް ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން ޕީޕީއެމާއި ޖޭޕީންގެ މެމްބަރުން ގިނަކަން ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި ކޮމެޓީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ ޕީޕީއެމް ޖޭޕީ ކޯލިޝަނުން ބޭނުންވާ ގޮތަށެވެ. މިހާރު ވެސް އެކުގައި އެ ދެ ޕާޓީ މަސައްކަތް ކުރަމުންދާއިރު، އަންނަ މަހު ބާއްވާ މަޖިލިސް އިންތިހާބުގައިވެސް އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީއާ ގުޅިގެން ކުރިއަށް ދިއުމަށް ޖޭޕީން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގަވާއިދުވެސް ޕީޕީއެމާއި ޖޭޕީން ބޭނުންވާ ގޮތަށް ބަދަލު ކުރަމުންދާއިރު، ސަރުކާރަށް ނިސްބަތްވާ އަދި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނަކީ އެއްވެސް ބަޔަކަށް ޖޭޕީން ނުދެކޭފަދަ އެވެ. އެމްޑީޕީގެ މެމްބަރުން ދައްކަވާ ވާހަކަތައް ޖޭޕީގެ ބައެއް މެމްބަރުން އަޑުއަހަންވެސް ބޭނުންނުވާފަދަ އެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގައި ރައީސަކަށް އަބްދުﷲ މަސީހު މުހައްމަދު އިންނެވިއިރު، މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި އަމަލު ކުރަމުންދިޔަގޮތް މިއަދު، ސަރުކާރު ބަދަލުވެ، މަޖިލީހުގެ ރިޔާސަތު ބަދަލުވެގެން ދިޔައިރުވެސް ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލެއް މަޖިލީހަކުން ނުފެނެ އެވެ.

ޖުމްހޫރީ ޕާޓީ މިވަގުތު ސަރުކާރު ކޯލިޝަނުގައި އޮތް ހަމައެކަނި ބޭނުމަކީ ވަޒީފާގެ ދަހިވެތިކަން ނޫން އިތުރުކަމެއް ނުފެނެ އެވެ. ސަރުކާރަށް ޖެއްސުން ކުރުމުގެ ކަންކަން ކުރަމުންދަނީ ފަހުން ޖޭޕީއާ ގުޅިގެން ވަޑައިގެންނެވި "އަސްލު ޕީޕީއެމް" މެމްބަރުން ނެވެ.
ހިޔާލު

ބަލަބަލަ

ބަލަ މިވެރިންވެސް ގާސިމަން ކުރާޖެއްސުންކޮބައި؟؟ ކޮންމެބަޔަކުވެސް ވެރިކަންލިބުނީމާ ގާސިމަން ކުރަނީ ފުރައްސާރަ ދެން މިފަހަރު މަޖްލީސްތެރެއިން އެކުލެނީ މިކަން ނިންމުމުގެ ސިލްސިލާ ދެންނިމޭކަން މާގިނަދުވަސްތަކެއްނުނަގާނެ ދެންނިމެނީ ގާސިމް ދާނީކުރިއައް؟؟

ސަރިއްޕެ

ޖޭ.ޕީ ތޮށިގަޑުގަ ތިބި ޕީ.ޕީ މެމްބަރުން