100 ah vure gina Jamiyyaathakaaeku Haveli Fair Honihiru dhuvahu fashanee
image
ދަރުބާރުގެ-- ފޮޓޯ: ސަން
0 ކޮމެންޓް
 

100 އަށްވުރެ ގިނަ ޖަމިއްޔާއާއެކު "ހަވަލި" ފެއާ ހޮނިހިރު ދުވަހު ފަށަނީ

މަދަނީ ޖަމްއިއްޔާތަކަށް ހާއްސަކޮށް ބާއްވާ "ހަވަލި" ފެއާ، އަންނަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ބާއްވަން ނިންމައިފިއެވެ.
ހޮނިހިރު ދުވަހު މެންދުރު 13:00 ގައި ފަށަން ނިންމާފައިވާ އެ ފެއާއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަށާނެ ކަމަށް ބުނެފައިވާ ފެއާއެކެވެ. ހަވެލި ފެއާ ފަށާނީ 100 އަށްވުރެ ގިނަ ޖަމްއިއްޔާއާއެކުއެވެ. އޭގެ ތެރޭގައި ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި އަތޮޅުތަކުގެ ޖަމްއިއްޔާތައް ވެސް ހިމެނެއެވެ.

މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ފެއާގައި ޖަމްއިއްޔާތަކުގެ މައުލޫމާތު އާއްމުންނާއި، ވިޔަފާރިތަކާއި، ދަރިވަރުންނަށް ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ހާއްސަ "ކިޑްސް ކޯނާ" އެއް ވެސް ފެއާގައި ހުންނާނެއެވެ. އެއީ ކުޑަކުދިން ގޮވައިގެން ފެއާއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ކޮންމެ ދުވަހެއްގެވެސް މެންދުރު 13:00 އިން 18:00 އަށް އަދި 20:00 އިން 22:30 އަށް ކުރިއަށް ގެންދަން ނިންމާފައިވާ އެ ފެއާގައި ޖަމްއިއްޔާތަކަށް ތަމްރީނު ދިނުމާއި، ނެޓްވޯކިން ސެޝަންތަކާއި، ތަފާތު ދާއިރާތަކުގެ ތަޖުރިބާހުރި ފަރާތްތަކުގެ މުހިއްމު ކީނޯޓް ސެޝަންތައް ހިމެނޭނެ ކަމަށާއި ކީނޯޓް ސެޝަންތަކުގައި ޖާގަ އޮތް މިންވަރަކުން އާއްމުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ ފެއާގެ ސަބަބުން ޖަމްއިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިވެ، ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށާއި ވިޔަފާރިތަކާއި، މަސްލަހަތުވެރިންނާއި ޖަމްއިއްޔާތަކާ ގުޅުވައިދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އާއްމުންނާއި ދަރިވަރުންނަށްވެސް ޖަމްއިއްޔާތަކުގައި ބައިވެރިވެ، ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ހިޔާލު