Raajjeygai annekka ves fethumuge bodu harakaatheh baahvanee
image
ރަސްފަންނު ސަރަހައްދުގައި ފަތަނީ---ފޮޓޯ:ސުވިމް މޯލްޑިވްސް.
0 ކޮމެންޓް
 

ރާއްޖޭގައި އަނެއްކާވެސް ފެތުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ

ރާއްޖޭގައި ފެތުމުގެ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ސުވިމް މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ އެ ފެތުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކ.ގުޅިން ކ.މާފުށްޓާ ހަމައަށް ކަމަށް އެއެސޯސިއޭޝަނުން އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ބުނެފައެވެ.

އެގޮތުން އެ ދޭތެރޭގައި ޖުމްލަ 5.2 ކިލޯ މީޓަރު ހުންނާނެ ކަމަށާއި އެ ފެތުމުގެ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ކަމަށް ވެސް އެއެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި އެކި އުމުރު ފުރައިގެ ޖުމްލަ 25 މީހުން ބައިވެރިވާ ކަމަށް ވެސް އެއެސޯސިއޭޝަނުން ވަނީ ބުނެފައެވެ.



ސްވިމް މޯލްޑިވްސް އިން ވަނި އިންތިޒާމްކޮށްގެން ފެބްރުއަރީ މަހު ވެސް ބޮޑު ފެތުމެއް ބާއްވާފަ އެވެ. އެފަހަރު އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ބ. އޭދަފުށިން ބ.ކެންދޫއާ ހަމައަށް އަށް ބައިވެރިންނާއެކުގައެވެ.
ފެތުން
ހިޔާލު