KGF ge dhevana baeh hadhanee
image
ޔަޝް---
1 ކޮމެންޓް
 

"ކޭޖީއެފް" ގެ ދެވަނަ ބައެއް ހަދަނީ

"ކޭޖީއެފް" ގެ ދެވަނަ ބައެއް ހަދަން އުޅޭ ކަމަށް ލީޑު ރޯލުން ފެނިގެންދާ ޔަޝް ބުނެފިއެވެ. muni
ޓުވީޓާ މެދުވެރިކޮށް ޔަޝް އެކަން އަންގާފައިވާއިރު ޔަޝް ބުނީ ފިލްމުގެ ފުރަތަމަ ބަޔަށް ބެލުންތެރިންގެ ފަރާތުން ލިބުނު ލޯބީގެ ސަބަބުން ދެވަނަ ބައެއް ހަދަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފްސީލެއް ޔަޝް ހާމަކޯށްފައެއް ނުވެއެވެ.

އެގޮތުން ފިލްމުގެ ދެވަނަ ބައިން ވެސް ޔަޝް ލީޑު ރޯލުން ފެނިގެންދާނެ ތޯ އަދި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ ކޮން ފަންނާނެއް ކަމެއް ޔަޝް ހާމަކޮށްފައެއް ނުވެއެވެ. އަދި ފިލްމުގެ މަސައްކަތް ފަށަނީ ކޮންއިރަކުން ކަމަށާއި ބެލުންތެރިންނާ ހަމައަށް ފިލްމު އަންނަނީ ކޮންއިރަކު ކަމެއް ވެސް ހާމަކޮށްފައެވެ.

"ކޭޖީއެފް" ގެ ފުރަތަމަ ބައިން ޔަޝް އާއެކު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދިޔައީ ސްރިނިދީ ޝެޓީއެވެ. އެފިލްމަށްވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ހާއްސަކޮށް ފިލްމުގެ ލަވަތައް ގިނަ ބަޔަކަށް ވަނި ކަމުގޮސްފައެވެ.

އުމުރުން 32 އަހަރުގެ ޔަޝް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ސަންތު ސްޓްރައިޓް ފޯވާޑް" އާއި "ގޫގްލީ" އާއި "ރާޖާ ހުލީ" އާއި "ގަޖާކޭސަރީ" އާއި "ޑްރާމާ" އާއި "ޖާނޫ" އަދި "މާސްޓާޕީސް" ހިމެނެއެވެ.
ހިޔާލު

އަލީބް

މި ފިލްމް ނިމޭއިރުވެސް އިނގޭ 2ވަނަ ބައެއް އިންނަ ކަން