Ikram ge anbikanbalun Latheefa ge kanboduvumaaeku mulhi bill ah badhalu!
image
މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް އަދި ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމް--
5 ކޮމެންޓް
 

އިކްރާމްގެ އަނބިކަނބަލުން ލަތީފާގެ ކަންބޮޑުވުމާއެކު މުޅި ބިލަށް ބަދަލު!

ގާނޫނީ ހިދުމަތުގެ ބިލާ ގުޅިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުއްލަތީފްގެ އަނބިކަނބަލުން ލަތީފާ ގާސިމްގެ ކަންބޮޑުވުން ހިއްސާ ކުރެއްވުމާއެކު މުޅި ބިލް އަލުން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނިންމައިފި އެވެ.
ގާނޫނީ ހިދުމަތުގެ ބިލް އޮތްގޮތުން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅުއްވާފައިވާ މެމްބަރު ލަތީފާ ގާސިމްގެ މަގާމް ގެއްލޭތީ، އޭނާގެ ކަންބޮޑުވުން މަޖިލީހަށް ހިއްސާކުރުމާއެކު، އެބިލަށް ވޯޓަށް އެހުން ފިޔަވާ ހުރިހާ މަރުހަލާއެއް ނިމިފައިވަނިކޮށް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އެބިލަށް ވޯޓަށް އެހުމެއްނެތި، އެބިލް އަނބުރާ ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާލާފަ އެވެ.

އެބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލުމާއެކު، މިއަދު މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ވަނީ މުޅި ބިލް އަލުން ދިރާސާ ކުރުމަށް ނިންމާފަ އެވެ. އެގޮތަށް ނިންމީ ކޮމެޓީގައި ހިމެނޭ ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތާއީދާއެކު އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ މެމްބަރުން ގުޅިގެންނެވެ.

މިދިއަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެބިލަށް ވޯޓަށް އެހުމެއްނެތި، ދިރާސާކުރުމަށް އަނބުރާ ކޮމެޓީއަށް ފޮނުވާލެއްވީ ކޮމިޓީގެ ރިޕޯޓާ ގުޅިގެން ކަންބޮޑުވުންތަކެއް ހުރެގެން ގިނަ ބަޔަކު އެ މައްސަލަ މަޖިލީހުގެ ރައީސްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ބުނެއެވެ.

ލަތީފާ ގާސިމްގެ މަގާމު ގެއްލޭތީ، އޭނާގެ ކަންބޮޑުވުން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލައެއްގައި އިސްކަމެއް ދެއްވައިގެން ބިލް އަލުން ދިރާސާ ކުރާއިރު، މުޅި ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވި އެވެ.

އެބިލް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެ ބިލް ދިރާސާކުރަމުން ދިޔައިރު، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ހުޅުވާލެވުނު ކަމަށެވެ. ނަމަވެސް ލަތީފާ ގާސިމް އެ މުއްދަތުގައި އެއްވެސް ޝަކުވާއެއް ހުށަހަޅުއްވާފައި ނުވާކަން އިންތި ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ ބިލާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި އެކަން ނުކުރައްވައި، ބިލު ފާސްކުރަން ވޯޓަށް އެހުން ފިޔަވާ ހުރިހާމެއް ނިމިފައިވަނިކޮށް، ޝަކުވާ ހުށަހަޅުއްވައިގެން އެއުޅުއްވަނީ އޭނާގެ އަމިއްލަ މަސްލަހަތު އޮވެގެން ކަމަށެވެ.

އިންތި ވިދާޅުވީ މުޅި ރިޕޯޓް ބަދަލު ކުރަން ނުފެންނަ ކަމަށާއި، މުޅި ރިޕޯޓުން އިސްލާހު ކުރަން އޮތީ އެންމެ މާއްދާއެއް ކަމަށެވެ.

އިންތި ވިދާޅުވީ ޖޭޕީވެސް ހިމެނޭ ގޮތަށް ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ނިންމާފައިވަނީ، ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނަ މެމްބަރުގެ މަގާމް ގާނޫނީ ހިދްމަތުގެ ބިލް ފާސްވުމާއެކުގައި ނިމުމަކަށް އަންނާނެ ކަމަށް ބުނާ މާއްދާ އިސްލާހުކޮށް، އޭގެ ބަދަލުގައި ގާނޫނީ ހިދްމަތުގެ ބިލް ފާސްވެ ބާ ކައުންސިލުން އެ ގޮތަށް ނިންމުމުން މެނުވީ އެ މަގާމް ނުގެއްލޭ ގޮތަށެވެ.

ލަތީފާ ގާސިމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރުމުގައާއި، ޕްރޮމޯޓް ކުރުމުގައި އަދި ސަރުކާރުން ބޭއްވި އެކިއެކި އިވެންޓްތަކުގައި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރެއްވުމުގައި އުޅުއްވި އިކްރާމްގެ އަނބިކަނބަލުން ނެވެ. ރައީސް ޔާމީނަށް ތައުރީފު ކުރެއްވުމުގެ ކުރިން އިކްރާމް އުޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ތައުރީފް ކުރެއްވުމުގަ އެވެ.

މީގެއިތުރުން އިކްރާމްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ވެސް ކުރެވިފައި ވެއެވެ. އަދި އިކްރާމްގެ ބައެއް މައްސަލަތައް ޝަރުއީ ކޯޓުތަކަށް ހުށަހެޅިފައިވީނަމަވެސް އެމައްސަލަތައް ހިނގާގޮތެއް ނުވެއެވެ.

ޖޭއެސްސީގައި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ ގޮތުގައި ލަތީފާ ގާސިމް އިންނެވީ، ގާނޫނީ ވަކީލުންގެ މެދުގައި ނެގި ވޯޓަކުން ނެވެ. އެ ވޯޓުގައި ފަނޑިޔާރުން ވެސް ބައިވެރިވެ، ވޯޓް ލައްވާފައި ވެއެވެ.
ޖޭއެސްސީ މަޖިލިސް
ހިޔާލު

މާލެ

އިންތިއަކީ ގާނޫނަށް އިސްލާހް ހުށަހެޅޭވަރުގެ މީހެއް
ނޫނެވެ މޑޕ ބޮޑެތިމީހުންނަށް ވައިއެޅުވުމަށް ވަރުގަދަ
އަށް ހަލޭއް ލަވަން ވަރަށް ފައްކާވާނެއެވެ އެހެން
ކަމެއް ކުރެވިދާނެކަން އަދި އެނގިފައެއް ނެތެވެ

ޢެޓޮމް

ޅަތީފާ އިކުރާމު ހާދަ ފައިސާ ގެންގުޅޭ

ައޮހެއި

ޕިސް ޕިސް.................

Saleem

ބަލަ މެލޭޝިއާގައި ހަދަން އުޅުނު ލޯ ޑިގްރީ ފާސްނުވުމުން މާލެ އައިސް އުޅޭ ސިއެސްޓާ އިންތި އަކަށް ނޭގޭނޭ ގާނޫނެއް

ސުވާލުމާރކް

ލަތީފާ ޤާސިމް އަކީ ޤާސިމްގެ ދަރިއެއްތަ؟ ބޮޑު ހަބަރެެއް ކިޔާ ނިންމާލިއިރު ޤާސިމްއާ ލަތީފާއާ ހުރި ގާތްކަމެއް ލިޔެފައެއްނެތް، މިހަބަރުކީ އިރުވެސް ސުވާލުގަ އަދި ނިމުނު އިރުވެސް ސުވާލުގަ.....؟؟؟؟؟