Anhenunge Baiverivun nethi ekasheyne siyaasathuthakeh nuhedheyne: Minister Shidhatha
image
މިނިސްޓަރު ޝިދާތާ--
0 ކޮމެންޓް
 

އަންހެނުންގެ ބައިވެރިވުން ނެތި އެކަށޭނެ ސިޔާސަތުތަކެއް ނުހެދޭނެ: ޝިދާތާ

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ 85 މެމްބަރުންގެ ތެރޭގައި ހިމެނެނީ ފަސް އަންހެނުން ކަމުން އެކަށީގެންވާ މިންވަރަށް އަންހެނުންގެ ބައިވެރިވުން ނެތި މުޅި އާބާދީއަށް ބޭނުންވާ އެންމެ އެކަށޭނަ ސިޔާސަތުތައް ނުހެދޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އ.ދ.ގެ މައި އިދާރާގައި ކުރިއަށް ދާ "ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން"ގެ 63ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން އަންހެނުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދޭން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ޝިދާތާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންހެނުން އިޖުތިމާއީ އިގްތިސޯދީ އަދި ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުންނަށާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތަކާއި އަމިއްލައަށް ކަންކަން އިހުތިޔާރުކުރުމުގެ ފުރުސަތު ލިބެންދެން ރާއްޖޭން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި އަންހެނުންނާއި އަންހެން ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަގައި ދިވެހިރާއްޖޭގެ އަންހެނުންނަށް މަސައްކަތުގެ މައިދާނުގައި ގިނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި، މުޖުތަމައުއިން އެ ކަމުގައި ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށާއި ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ދާއިރު ވަޒީފާ އަދާކުރާ މައިންނަށް ލުއިފަސޭހަ ކަން ހޯދައިދިނުމުގެ ގޮތުން ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ދޭން ނިންމާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހިޔާލު