Kalank ge Shooting ah 10 Crore ge Set eh
image
ކަލަންގެ ތަރިން--
0 ކޮމެންޓް
 

ކަލަންގެ ޝޫޓިންނަށް 10 ކްރޯޑުގެ ސެޓެއް

އަބީޝޭކް ވަރްމަން ޑައިރެކްޓްކޮށް ނެރޭ ފިލްމު "ކަލަންކް" ގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް 10 ކްރޯޑު ރުޕީސްގެ ސެޓެއް އުފެއްދި ކަމަށް ހަބަރުތައް ބުނެފިއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުގައި، ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިޔައީ މުމްބާއީގެ ފިލްމު ސިޓީގައެވެ. އެގޮތުން އިންޑިއާގެ ވެރިރަށް ދިއްލީ ކުރިން އޮތް ގޮތް ސިފަކޮށް ތައްޔާރުކުރި އެ ސެޓު އުފެއްދުމަށް 10 ކްރޯޑު ރުޕީސް ހަރަދު ކުރިކަމަށް އަޑުތައް ފެތުރެމުން އައި ނަމަވެސް އެކަމާއި ގުޅިގެން ފިލްމު އުފެއްދުންތެރިން އަދި ބަހެއް ނުބުނެއެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ނެރޭ އެފިލްމަށް ގިނަ ބަޔަކު މިހާރު ކެތްމަދުވެފައި ތިބިއިރު ފިލްމު ބަލާ މީހުން މާޔޫސް ނުވާނެ ކަމަށް ފިލްމުގެ އުފެއްދުންތެރިން ބުނެއެވެ.

ފިލްމުގައި ވަރުން ދާވަން އާއި އާލިއާ ބަޓްގެ އިތުރުން މާދުރީ ދިކްސިޓް އާއި ސޮނާކްޝީ ސިންހާ އަދި އަތިދްޔާ ރޯއީ ކަޕޫރުގެ އިތުރުން ސަންޖޭ ދަތު ވެސް ފެނިގެންދާނެއެވެ. އެ ފިލްމަކީ ސަންޖޭ އާއި މަދޫރީ 20 އަހަރަށް ފަހު އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

އޭގެ އިތުރުން ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާއަށް ގެންނަ ފުރަތަމަ ޕީރިއަޑް ފިލްމު "ކަލަންކް" ގައި 1940 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. އެ ފިލްމަކީ ކަރަންގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށް ކަރަން ބުނާއިރު އެ ފިލްމަކީ ކަރަންގެ ބައްޕަ ޔާޝް ޖޯހަރު ސްކްރީނަށް ގެންނަން އަމާޒު ހިފައި، އެކަމަކު އެކަން ވަރަށް ބޮޑަށް ދިގުލައިގެންދިޔަ ފިލްމެކެވެ. 2004 ވަނަ އަހަރު ކަރަންގެ ބައްޕަ މަރުވިއިރު އެފިލްމު ނެރެނީ ކަރަންގެ ބެލުމުގެ ދަށުންނެވެ.
ހިޔާލު