Ali Waheed ge Isthiufa Dhinumah Qasim Edhilahvaifi
image
އަލީވަހީދާއި ގާސިމް ޖަރުމަނުވިލާތުގައި: ފައިލް ފޮޓޯ
2 ކޮމެންޓް
 

އަލީ ވަހީދު އިސްތިއުފާ ދިނުމަށް ގާސިމް އެދިލައްވައިފި

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްފައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ވަޓްސް އެޕް ގުރޫޕުގައި އަލީވަހީދާއި ގާސިމް އިބްރަހިމް ރޭ ވަނީ ދެ ބޭފުޅުން ދެ ބޭފުޅުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރައްވާފައެވެ.

މިގޮތުން އަލީވަހީދު ދެއްކެވި ވާހަކަތަކަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވެފައިިވަނީ "ޖޭޕީގެ ފަރާތުން ސަރުކާރުގެ މަގާމަކަށް ވަޑައިގެން ހުންނެވި ބޭފުޅަކު ޕާޓީން ވަކިވުމުގެ ކުރިން، ސަރުކާރުން އިސްތިއުފާ ދިނު މާރަނގަޅު،" ކަމަށެވެ.


ލީކުވެފައިވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ގުރޫޕުގެ ޗެޓުލޮގް

އަލީ ވަހީދު ރޭ ވަނީ އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭނު ޖަލްސާއެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.އެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ ޖުމްހޫރީ ޕާޓީގައި ހުންނަވަން ބޭނުން ނޫން ކަމަށެވެ.

މި ކަމާގުޅިގެން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯސްޕާސަން ވިދާޅުވެފައިވަނީ ގާސިމް އިޝާރަތް ކުރައްވަނީ އަލީވަހީދަށް އެކަނި ނޫންކަމަށެވެ. ގާސިމް ވާހަކަ ދައްކަވާފއިވަނީ މުޅި ޕާޓީގެ މެމްބަރުން ހިމެނޭ ގޮތަށް ކަމަށެވެ.
ހިޔާލު

އަޒީމް

ގާސިމް އިސްތިއުފާ ދީފައި ގޭގަމަޑުކުރުން ބުއްދިވެރީ

ހައްލު

ޢަލީ ވަހީދު އަކީ ދިވެހި ރައްޔިތެއް ފުރަތަމަ ދިވެހިރައްޔިތުކަމުން ވަކިވާން ގާސިމް އަލީވަހީދަށް އަންގަންވީ ނޫންތޯއޭ ހިތަށް އަރާ އަލީ ވަހީދު ކުރަނވީ ކަމަކީ ޖޭޕީ އިން މިހާރުން މިހާރަށް ވަކިވުން އޭރުން ގާސިމަށް ރާކަނިމަސް ކެވޭނެ ތި މިނިސްޓަރުކަމަށް އަލީވަހީދު ވަރެއް ހަމަ ނެތް....ސަލާމް