Majlis inthihaabugai bahattaanee 501 vote foshi: EC
image
އާންމު އިންތިހާބެއްގައި މީހަކު ވޯޓު ލަނީ --
0 ކޮމެންޓް
 

މަޖިލިސް އިންތިހާބުގައި ބަހައްޓާނީ 501 ވޯޓު ފޮށި: އީސީ

އަންނަ މަހު ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
މީގެކުރިން އީސީން ނިންމާފައި ވަނީ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާގޮތުގައި، ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބަހައްޓަނީ 100 މީހުންނަށް ވުރެ ގިނަ މީހުން ވޯޓްލުމަށް ރެޖިސްޓްރީ ކޮށްފައިވާ ނަމައެވެ. އަދި ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ވޯޓްލުމަށް ރެޖިސްޓްރީ ކޮށްފައިވާ ނަމަ އެވެ.

އީސީއިން ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި މާލޭގައި 121 ވޯޓު ފޮށި، ހުޅުމާލޭގައި 15 ވޯޓު ފޮށި، ވިލިމާލޭގައި 8 ވޯޓު ފޮށި، ސިނާއީ ސަރަހައްދުތަކުގައި 4 ވޯޓު ފޮށި، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓް ފޮށި، ޖަކުތަކުގައި 5 ވޯޓު ފޮށި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި 357 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ.

މަޖިލިސް އިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1،000 މީހުންން ކަމަށް ވެސް އީސީން ބުނެއެވެ.

މަޖިލިސް އިންތިހާބުގައި 87 ދާއިރާއަކުން 393 ކެންޑިޑޭޓުން ވާދަކުރެ އެވެ. ބާއްވާއިރު 87 ދާއިރާއަކަށް 393 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބެއެވެ.
މަޖިލިސް 2019 އީސީ
ހިޔާލު