Male' aai Gulhifalhu gulhaalumuge visnun ebahuri: Minister Fayyaz
image
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ގުޅިފަޅުގެ ޕްރޮޖެކްޓް ފައްޓަވާ ދެއްވައި، ބައްލަވާލައްވަނީ--
2 ކޮމެންޓް
 

މާލެއާ ގުޅިފަޅު ގުޅާލުމުގެ ވިސްނުން އެބަހުރި: ފައްޔާޒު

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ހިތްހަމަޖެހޭ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ގުޅިފަޅު ހިއްކައި، ގުޅިފަޅާއި މާލެ ގުޅާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީގެ "އެޖެންޑާ 19"ގެ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ހުލުމާލެއިން ފްލެޓާއި ގޯތި ބޭނުންވާ ފަދައިން ގުޅިފަޅުން ފްލެޓާއި ގޯތި ބޭޏުންވާ މީހުންވެސް އެބައުޅޭ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ގެނައުމަށް ސަރުކާރުން ވީހާވެސް އަވަހަކަށް ގޮތްތަކެއް ނިންމާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ ބޮޑެތި އަތޮޅުތައް ކަމަށްވާ، އައްޑޫ ސިޓީ އާއި ހއ އަތޮޅާއި ހދ ފަދަ އަތޮޅުތަކުގައި ރައްޔިތުންނަށް ހިދްމަތް ދިނުމަށް ގާއިމު ކުރަންޖެހޭ ސެންޓަރުތައް ގާއިމުކޮށް، މާލެއަކީ އަންނަންނުޖެހޭ ތަނެއްކަން ރައްޔިތުންނަށް ގަބޫލުކުރެވޭ ފެންވަރަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުގެ އެބައޮތް ކަމަށެވެ. އަދި ކުރިއަށްއޮތް ފަސް އަހަރުގެ ތެރޭގައި އެބަދަލުތައް ފެންނަމުންދާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން ދާންވީ އެ ތަންތަނަށް. އެވަރަށް އަޅުގަނޑުމެން ދައްކައިދޭނަން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޭރުން މާލޭ ސަރަހައްދަށް މިހާރު ދިމާވެފައިވާ "ތޮއްޖެހުމުގެ" މައްސަލައަށް ހައްލެއް ލިބި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުން އުފާވެރި ދިރިއުޅުމެއް އުޅެމުންދާނެ ކަމަށެވެ.
ހިޔާލު

ކޮލެޖު ބޯއީ

"މިދައްކަނީ އަގުހެޔޮ ފްލެޓުތަކުގެ ވާހަކަ. ތިން މިލިއަން، ފަސް މިލިއަނަށް ލިބޭ ބޮޑެތި ސިންގާ ފްލެޓުތަކުގެ ވާހަކައެއް ނޫން. އެކަމަށް ބޭނުންވެފައި ތިބި މީހުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ފްލެޓު،"

ޔާމީނު 7 ހާސް ފުލެޓް އަޅާ އަތްފޯރާފަށުގެ އަގެއްގައި މީހުނަށް ފުލެޓް ދީފައި އޮއްވަ ދޯ، އެތަންތަން އަތުލަން ވެގެން ކަލޭމެން ސަރުކާރު އައިސް ބުނީ އެތަންތަން މާ ކުޑައޭ، އެއްކޮޓަރި ދެކޮޓަރި ފުލެޓަށް، ދެކޮޓަރި 3 ކޮޓަރި ފުލެޓަށް ހަދާށޭ ދިވެހިން ބޭނުންވަނީ. ހެހެ

👏

👏