Dhagandu filaaeh meehehge fayah vetti ingilithah burivejje
image
ވެއްޓުނު ދަގަނޑު ފިލާ---ފޮޓޯ:މިހާރު.
1 ކޮމެންޓް
 

މީހެއްގެ ފަޔަށް ދަގަނޑު ފިލައެއް ވެއްޓި އިނގިލިތައް ބުރިވެއްޖެ

ތ. ދިޔަމިނގިލީ ބޯޓް ޔާޑުގައި ދަގަނޑު ފިލައެއް މީހެއްގެ ފައިމައްޗަށް ވެއްޓި ފައިގެ އިނގިލިތައް ބުރިވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހިނގި އެހާދިސާ ގައި އަނިޔާވެފައިވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެގޮތުން އެމީހާއަށް ފުރުވާ ދިނުމަށް މިހާރު ވޭމަންޑޫގައި ހުންނަ، ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ ފޯކް ލިފްޓަކުން ދަގަނޑު ފިލާ ތިރިކުރަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 09:15 ހާއިރުއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ހިޔާލު

ކޮޅުމަޑުލު

ހާދަ އަނިޔާ ގިނަ ވެެއްޖެ އަތޮޅެކޭ ތީ!!