Burevimaagey Zaahir Avahaaravehje
image
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ މަގާމު މުހައްމަދު ޒާހިރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަރުވަނީ--
0 ކޮމެންޓް
 

ބުރެވިމާގޭ ޒާހިރު އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ބުރެވިމާގޭ މުހައްމަދު ޒާހިރު އަވަހާރަވެއްޖެއެވެ.
މެދުނުކެނޑި 63 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ޒާހިރު އަވަހާރަވީ ރޭ އައިޖީއެމްއެޗުގައެވެ. އުމުރުފުޅުން 92 އަހަރުގައި ޒާހިރު އަވަހާރަވިއިރު އޭނާ ވަނީ ދައުލަތުގެ އިސްމަގާމުތަކެއް ފުރުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެންބަރުކަމާއި ފާދިއްޕޮޅު މެންބަރުކަން އަދި ކޮޅުމަޑުލު މެންބަރުކަން ވެސް އަދާކުރެއްވި ޒާހިރު ވަނީ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ޕްރައިވެޓް ސެކްރެޓަރީ ކަމުގެ މަގާމާއި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓްރީގެ ނައިބުކަމާއި ޕްރިންސިޕަލް ކަލެކްޓާ އޮފް ކަސްޓަމްސްގެ މަގާމުގެ އިތުރުން ވަޒީރުލްއަޒަމްގެ ހާއްސަ ސެކްރެޓަރީކަމާއި ވަޒީރުންގެ މަޖިލީހުގެ ސެކްރެޓަރީކަން އަދި ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ.

އޭގެ އިތުރުން ފާދިއްޕޮޅާއި އައްޑުއަތޮޅު އަދި ތިލަދުންމަތީ އަތޮޅުވެރިކަން ވެސް ފުރުއްވި ޒާހިރު ވަނީ އެމް.ޖީ ފުޑް ކޮންޓްރޯލް ޑިޕާޓްމަންޓުގެ ފުޑް ކޮންޓްރޯލަކަމުގެ މަގާމު ވެސް ފުރުއްވާފައެވެ.

އޭގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ޒާހިރު ހިދުމަތް ކުރައްވާފައިވަނީ ކަސްޓަމްސްގައެވެ. އެގޮތުން 17 އަހަރަށް ވުރެ ދިގު މުއްދަތަކަށް އޭނާ ވަނީ އެތަނަށް ހިދުމަތް ކުރައްވާފައެވެ.

ޒާހިރުގެ މައްޗަށް ކުރާ ކަށުނަމާދު އޮތީ މާދަމާ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.
މަރު
ހިޔާލު