Male' gai beynun kuran genai Tricycle thah male' ge vehtakaai nugulhey: WAMCO
image
މާލޭގައި ބޭނުންކުރަން ގެނައި ޓްރައިސިކަލްތައް މާލޭގެ ވެއްޓަކާ ނުގުޅޭ-- ފޮޓޯ: މިހާރު
1 ކޮމެންޓް
 

މާލޭގައި ބޭނުންކުރަން ގެނައި ޓްރައިސިކަލްތައް މާލޭގެ ވެއްޓަކާ ނުގުޅޭ - ވެމްކޯ

މާލޭ ސަރަހައްދުގައި ކުނި އުކުމުގެ މަސައްކަތް ކުރަމުން އަންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯ އިން ކުނިއުކުމަށް ބޭނުން ކުރަމުން އަންނަ ޓްރައިސިކަލްތަކަކީ މާލޭގެ ވެއްޓަށް އެންމެ އެކަށީގެންވާ ވެހިކަލްތަކެއް ނޫންކަމަށް އެކުންފުނިން ބުނެފިއެވެ.
ވެމްކޯ ވުޖޫދުވުމުގެ ކުރިން މާލޭގައި ކުނި ނަގައި އުކުމުގެ މަސައްކަތް ކުރަމުން އައީ ބިދޭސީންނާއި ހަވާލުކޮށްގެންނެވެ. އަދި ބައެއް ގޭބިސީތަކުން އަމިއްލައަށް ކުނި އުކުމުގެ މަސައްކަތް ވެސް ކޮށްފައިވާއިރު ވެމްކޯ ވުޖޫދުވެ ވަނީ ކުނި އުކުމަށް ހާއްސަ އުޅަނދުތަކުގައި އެކަން ކުރަން ފަށާފައެވެ. އެއީ ތިމާވެއްޓާ އެންމެ ރައްޓެހި އެންމެ ރައްކާތެރި ގޮތަށް އެމަސައްކަތް ކުރުމަށް ކަމަށް އޭރު ކުންފުނިން ބުނެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖާ ހައުސް ހޯލްޑްސް، މުހައްމަދު ޝާން ވިދާޅުވީ، އެ ވެހިކަލްތައް މާލޭގައި ބޭނުން ކުރަން ގެނައި ނަމަވެސް އެއީ މާލޭގައި އުފެދޭ ކުނި ނެގުމަށް އެންމެ އެކަށީގެންވާ ގޮތަށް ފަރުމާ ކުރެވިފައިވާ ވެހިކަލްތަކެއް ނޫން ކަމަށެވެ. އެގޮތުން މާލޭގައި އުފެދޭ ކުނީގެ ނިސްބަތަށް ބަލާއިރު ޓްރައިސިކަލްގައި ކުނި ނެގުމަށް ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ޝާން ވިދާޅުވިއެވެ.

"ޓްރައިސިކަލްސް ވާގޮތަކީ މިވެއްޓަށް އެއްގޮތަކަށްވެސް ކަމުދާ އެއްޗެއް ނޫންއެޔަކީ. އެހެންވީމަ އަސްލު މާލޭގަ ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށިއިރު މާލެގައި ބޭނުންކުރަންވެގެން ޓްރައިސައިކަލްއެއްގެ ފަހަތުގައި 240 ލީޓަރސްގެ ޑަސްބިން އަޅުވައިގެން ކުނި ނަގާގޮތަށް އެއެއްޗިހި ފަރުމާކޮށްފައި އެހެރީ. އެހެންނަމަވެސް މާލޭގައި މިއޮތް މަގުތަކަށް އެންމެ ލާހިކު އެއްޗެއް ނޫންއެޔަކީ." ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާން ވިދާޅުވި އެވެ.

މާލޭގެ މަގުތަކަކީ ހަނި މަގުތަކެއް ކަމަށާއި މާލެއަށް އެންމެ އެކަށީގެންވަނީ ޓްރައިސިކަލް ކަމަށް ބުނެ 2017 ވަނަ އަހަރު ވެމްކޯ އިން ކުނި އުކުމުގެ މަސައްކަތައް 20 ޓްރައިސިކަލް ރާއްޖެ ގެނައި ނަމަވެސް އެ ތަކެތީގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ކުރެވިފައެއް ނުވެއެވެ. އެހެންވެ، އެ ޓްރައިސިކަލްތައް މިހާރު ބޭނުން ކުރަމުން އަންނަނީ ވިލިމާލޭގެ ކުނި އުކުމުގެ މަސައްކަތަށެވެ. އަދި މާލޭގެ ކުނި އުކުމަށް ބޭނުން ކުރަމުން އަންނަނީ ސެލްފް ލޯޑިން އަދި މެނުއަލް ލޯޑިން ކޮމްޕެކްޓަރުތަކެވެ.
ކުނި ވެމްކޯ
ހިޔާލު

ކަންއޮތްގޮތް

އާހް! ކޮންމެސް ގޮތަކަށް ތިތަކެތި ބޭނުންއެބަކުރެވޭދޯ!