Alhugandumen vote hoadhan midhanee siyaasathuthakeh hifaigen, vote dhevva: Raees Nasheed
image
ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިން، ކުރީގެ ރައީސް ނަޝީދު (މ) ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު (ކ) އަދި ޕްލޭނިން މިނިސްޓަރު އަސްލަމް (ވ)
0 ކޮމެންޓް
 

އަޅުގަނޑުމެން ވޯޓް ހޯދަން މިދަނީ ސިޔާސަތުތައް ހިފައިގެން، ވޯޓު ދެއްވާ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ރައްޔިތުންގެ ކައިރިއަށް ވޯޓް ހޯދަން މިދަނީ ސިޔާސަތުތަކެއް ހިފައިގެން، އެކަންކަން ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ކޮށްދިނުމަށްޓައި ކަމަށާއި މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ސިލްސިލާކޮށް ކުރިޔަށް ގެންދާ ''އެޖެންޑާ 19'' ޕެނަލް ޑިސްކަޝަންގައި ބައިވެރިވި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، މަޖިލީސް އިންތިހާބަށް ކައިރިކޮށް ތަފާތު ވާހަކަތައް ދައްކަވަނީ ވޯޓު ހޯދަން ކަމަށާއި، އަދި ވޯޓު ދިނުމުން އެކަންކަން ނިޒާމެއްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ކަންތައްތައް ކުރުމުގެ ގާބިލްކަން އެ ޕާޓީގައި އެބަހުރި ކަމަށާއި އެމްޑީޕީން ގެންގުޅޭ ނިޒާމަކީ ވޯޓު ހޯދައިގެން ކަންކަން ކުރުމުގެ ނިޒާމް ކަމަށެވެ.

''އަޅުގަނޑުމެން މި ވާހަކަ މިދައްކަނީ، ވޯޓާއި ގާތްވީމަ ވޯޓު ހޯދަން. އިނގޭތޯ؟ އަޅުގަނޑު އެކަމަކާއެއް އިންކާރެއް ނުކުރަން. އަޅުގަނޑުމެން ގެންގުޅޭ ނިޒާމަކީ، ވޯޓު ހޯދައިގެން ކަންކަން ކުރާ ނިޒާމް. ވޯޓު އަޅުގަނޑުމެންނަށް ލިބުނީމާ ދެން އެއާ އެކީގައި އަޅުގަނޑުމެންނަށް މިކަން ކުރެވޭނީ،''ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީން މަޖިލީހަށް ހުށައަޅަން ހަމަޖެހިފައިވާ ސިޔާސަތުތައް ތަންފީޒު ކުރަން ދުވަސްތަކެއް ނަގާނެ ކަމަށާއި، އެ ކަންކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް ވެސް ރައީސް ނަޝީދު ތަކުރާރު ކުރެއްވިއެވެ. އަދި މަޖިލީހުގެ ޢައުލަބިއްޔަތު ނުލިބި ''އަތް ފައި ބަނދެވުނީމާ'' ވެފައިވާ ވައުދުތައް ފުއްދަން އުދަނގޫތަކާ ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހެޔޮވެރިކަމެއް ހިންގަން އެމްޑީޕީއަށް ދަސްވެފައިވާ ކަމަށާއި، އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ ދުރާލާ ރާވައިގެން ކަންކަންކުރަން ދަސްވެފައިވާ ބޭފުޅުން ކަމަށެވެ.
ހިޔާލު