Fithuna ufahdhan Jaagaeh nudheynan: Raees
image
އީސް އިބްރާހީމް މުހައްމަދު ސޯލިހު-- ފޮޓޯ: ރައިސް އޮފީސް
0 ކޮމެންޓް
 

ފިތުނަ އުފައްދަން ޖާގައެއް ނުދޭނަން: ރައީސް

ހިޔާލު ފާޅުކުރުމުގެ ނަމުގައި ދޭދޭ ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ކަނޑުވާލާ ފިތުނަ އުފައްދަން ކުރާ މަސައްކަތްތަކަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ނައިފަރުގައި އޮތް ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ފަހު ވައުދުތައް ފުއްދުމަށާއި ކުރީ ސަރުކާރުން ނިގުޅައިގަނެފައިވާ ގިނަ އަސާސް ހިދުމަތްތައް ވެސް ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ ގާނޫނުތައް ބާތިލުކޮށް މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެކަމަކު، ގާތް ގައުމުތަކާއި ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަންކަން ކުރުމަށް ޖާގަ ނުދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.

"ގައުމުގެ މަސްލަހަތު ގެއްލުވާލާ އަމަންއަމާންކަން ގެއްލުވާލާ ދޭދޭ ގައުމުތަކުގެ ދެމެދު ފިތުނަ އުފައްދާ އަޅުގަނޑުމެންނާ ގާތް ގުޅުންތައް އޮންނަ ގައުމުތަކާ ދޭތެރޭގައި ފިތުނަ އުފައްދަން ކުރާ އެއްވެސް މަސައްކަތަކަށް އަޅުގަނޑުމެންނެއް ޖާގައެއް ނުދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބޭކަމަށް ބުނެ އެމީހުން ފޮނުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އެގޮތުން އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު މަސައްކަތްތަކެއް ކުރިނަމަވެސް އެކަމަށް ފުރުސަތު ދީފައެއް ނުވެއެވެ.
ހިޔާލު