HDC ge Dharanyaamedhu Kanbudvan: Economic Minister
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު--
0 ކޮމެންޓް
 

އެޗްޑީސީގެ ދަރަންޏާއި މެދު ކަންބޮޑުވޭ: އިކޮނޮމިކް މިނިސްޓަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބޯހިޔާވަހިކަމުގެ ނަމުގައި އެއް ބިލިއަން ޑޮލަރާއި ގާތް ކުރާ އަދަދަކަށް ލޯނު ނެގި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެ އެކަމާ ކަންބޮޑުވުން ފާޅުކުރައްފައިވިއެވެ.
ހުޅުމާލޭގައި އޮތް އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެޗްޑީސީގެ ދަރަންޏަކީ މީހަކަށް އިހްސާސް ނުކުރެވޭ ވަރުގެ ދަރަންޏެއް ކަމަށެވެ. އެހެންވެ، އެޗްޑީސީން ކުރިން ހިންގާފައި ހުރި ކަންކަން ބަލައި އެކަންކަމަށް ހައްލެއް ހޯދުމަށް އެމިނިސްޓްރީން ވެސް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ބޯހިޔާވަހި ކަމުގެ ނަމުގައި ކުދި ކުދި އިމާރާތްތައް ހަދައިގެން އެޗްޑީސީން ކުރިން ދައްކާފައިވަނީ ހުވަފެންތަކެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އަދި ދާދިފަހުން ރައީސް ސޯލިހު އުފެއްދެވި "ފަހި ދިރިއުޅުން ކޯޕަރޭޝަން" މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ފްލެޓުތައް މިލްކުކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ މައި ކެމްޕެއިން އޮފީހެއްގެ ގޮތުގައި އެޗްޑީސީ އޭރު އިދިކޮޅުގައި ތިބި މީހުން ސިފަކުރާއިރު އެކުންފުނި ދަރާފައިވަނީ ލިބޭ އާމްދަނީ ޕީޕީއެމްގެ ކެމްޕެއިނަށް ހަރަދުކުރުން ދިޔަކަމަށް ބައެއް މީހުން ތުހުމަތު ކުރެއެވެ.

ހިޔާލު