JP Ge baeh Ministarun Thashrafu Nufudhey: Alhan
/
image
6 ކޮމެންޓް
 

ޕާޓީގެ ނިންމުންތަކަށް މިނިސްޓަރުން ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަނީ ތަސައްރަފު ނުފުދޭތީ: އަލްހާން

ޖޭޕީގެ ބައެއް މިނިސްޓަރުންގެ ތަސައްރަފު ނުފެދޭކަމަށް ދޭހަވާ މޭރުމުން އެ ޕާޓީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓު އަލްހާން ފަހުމީ ވާހަކަދައްކަވައިފިއެވެ.
މިއަދު ބޭއްވި ކެމްޕޭނު ހަރަކަތެއްގައި އަލްހާން ވިދާޅުވީ، ރައީސް ގާސިމް އިބްރާހިމްގެ މަޝްވަރާގެ މަތިން ޕާޓީން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވުމުން އެ ޕާޓީގެ މިނިސްޓަރުން އެކަމަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަނީ ތަސައްރަފު ނުފުދޭތީ ކަމަށެވެ.

"ޖޭޕީގެ ފަރާތުން ޔާމީނަށް ތާއީދު ކުރައްވާ މުޅިން އެ ފަޅިއަށް މަސައްކަތް ކުރަން ފަށަފަ ނުވާނެ. ހެދިފައިވާ އެއްބަސްވުމާ އެމްޑީޕީ އިން ހިލާފުވުމުން މަޖިލީހުގައި ގިނަ ގޮނޑި ހޯދޭނެ މަގަކަށް މަސައްކަތް ކުރަންފެށި،" އަލްހާން ވިދާޅުވިއެވެ.

އަލްހާން މިހެން ވިދާޅުވުފައިވާއިރު، ޖުމްހޫރީ ޕާޓީގެ ސުލޮޓުގައި ޓްރާންސްޕޯޓު މިނިސްޓަރުކަން ކުރައްވާ އައިޝަތު ނަހުލާ ވިދާޅުވެފައިވަނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދު ކުރެވެން ނެތްކަމަށާއި، ރައީސް ޔާމީނަށް "ދުވަހަކުވެސް މާފު ނުކުރާނެ" ކަމަށެވެ.

އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ކުރި އިހުލާސްތެރި މަސައްކަތް ގަބޫލު ނުކުރާނަމަ ޖުމްހޫރީ ޕާޓީގައި ހުންނަވަން ބޭނުން ނޫންކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޯލިޝަނުގެ ފަރާތުން އެ ޕާޓީއަށް ވަޑައިގެން ހުންނެވި ނައިބު ރައީސް އިއްޔެ ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފިކުރަށް ތާއީދު ކުރާ ކެނޑިޑޭޓުންނަށް ވޯޓުދޭން ޖެހޭނެކަމަށެވެ.

މި މައްސަލަތަކުގައި ގާސިމް އިބްރާހިމް ވަޓްސް އެޕުން ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ވަކިވާނަމަ އެ ޕާޓީގެ ސްލޮޓުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުންވެސް އިސްތިއުފާ ދެއްވަންޖެހޭނެކަމަށެވެ.
ހިޔާލު

ސިޔާސީކޫޑި

ސީޔާސީ ކޫޑިން ފާޑުފާޑުގެ ވާހަކަ ދެއްކީމާ ވަރަށް ބޮޑު ފައިދާއެއްވޭ. މީނާ ލައްވާ ގިނަ ގިނައިން ކޮންމެވެސް އެއްޗެއް ބުނުވަން އެބަޖެހޭ.

ޙަސަން

މީއެއްކަލަ ދެއިރު ދެދަޅައަށް ކުލަބަދަލުކުރާ ބޯވާދެއްތޯ

މުހައްމަދު

މޫމިނުންގެ ގަޔަކައް އެއް ހަރަކުން 2 ފަހަރަކައް ކައްޓެއް ނުޖެހޭނެ. ބުރުމާ މެން ކަހަލަ މީހުން ގަޔައް ކިތައްމެ ފަހަރަކުވެސް ޖެހޭނެ ސުކުރިޔާ.

ކޮލެޖު ބޯއީ

އަލްހާނު ހަނދާން ނެތުނީތަ އިހަށްދުވަހު އަމިއްލައަށް ދެއްކި ވާހަކަ. ބުނީމެންނު ތިމަންނަ ހޮވުނީމަ އިސްކުރާނީ ގައުމުގެ ފިކުރޭ. ކޮބާ ޖޭޕީގެ ފިކުރު؟ ތަސައްރުފު ނުފުދޭ ދޯ؟ ގާސިމް ފެންނަނީ ވޯޓު ހޯދަން. ލާރި ހޯދަން. ހޮވުނީމަ ހުންނާނީ ބީއެމްޑަބްލިޔު އެމްޑީޕީ ފައިބުޑުގަ

Falaah

ތާއީދުކުރަން ޖުމްހޫރީ ޕާޓީގެ ކައުންސިލަކުން ނުނިންމާ، އެއީ ހަމައެކަނި ސޭޓްގެ ނިންމުމެއް، ކައުންސިލުން ވޯޓަކުންނަމަ ޔަޤީނުންވެސް ވަގުންނަށް ތާއީދު ކުރާކަށް ނުނިންމާނެ

އަހުމަދު

އަލްހާން ދޯ ދުވާލަކު ހަފަހަރަށް ކުލަ ބަދަލުވެ ވަށައިގެން އަނގަ އޮންނަ ބޭކަލެއް...
ކޮންއެއްޗެއްކިޔާމީހެއް އަމިއްލައެދުން ކުރިއަށް ....