Import 10% dhahve, Export 16% ithuruvehje
image
އިމްޕޯޓް ދަށްވި އިރު އެކްސްޕޯޓް ވަނީ އިތުރުވެފައި.
0 ކޮމެންޓް
 

އިމްޕޯޓް 10 ޕަސެންޓް ދަށްވެ، އެކްސްޕޯޓް 16 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު 10 ޕަސެންޓް ދަށްވެ، މުދާ ބޭރުކުރި މިންވަރު 16 ޕަސެންޓް އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެ އަށް އިމްޕޯޓް ކުރީ 3.5 ބިލިޔަން ރުފިޔާގެ މުދަލެވެ. އެއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި އެތެރެކުރި 3.8 ބިލިޔަންގެ މުދަލާ އަޅާ ބަލާއިރު 10 ޕަސެންޓްގެ ވެއްޓުމެކެވެ.

އެކްސްޕޯޓް އިތުރުވީ މިދިޔަ މަހު 264 މިލިޔަން ރުފިޔާގެ މުދާ ބޭރުކުރުމުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު އުޅުނީ 228 މިލިޔަން ރުފިޔާގަ އެވެ.

ކަސްޓަމްސްގެ ޑިއުޓީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 254 މިލިޔަން ރުފިގާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއަޅާ ބަލާއިރު ފަސް ޕަސެންޓް ދަށް އަދަދެކެވެ.
ހިޔާލު