Feenan Dhiya Fathuveriakah Aniyaavejje
image
ބ. އަތޮޅުގައި ފެހުރިއްސަކާ އެކު މީހަކު ފީނަނީ: ފޮޓޯ ޓްރިޕް އެޑްވައިޒާ
0 ކޮމެންޓް
 

ފީނަން ދިޔަ ފަތުރުވެރިއަކަށް އަނިޔާވެއްޖެ

ބ. ދަރަވަންދޫގައި ފީނަން ދިޔަ ފަތުރުވެރިއަކަށް އަނިޔާވެއްޖެއެވެ.
އުމުރުން 25 އަހަރުގެ ފަތުރުވެރިއާއަށް އަނިޔާވެފައިވަނީ ޑިންގީއަކުން ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. އަނިޔާ ވެފައިވަނީ ޖަރުމަނުވިލާތުގެ މީހަކަށެވެ. އޭނާއަށް ލިބުނު އަނިޔާތަކުގެ މައުލޫމާތު އަދި ސާފެއް ނުވެއެވެ.

ފަތުރުވެރިންނަށް ހިދުމަށްދޭ ހޮޓާ، ގެސްޓުހައުސް އަދި ރިސޯޓުތަކުން ފަތުރުވެރިންނާމެދު ސަމާލުވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. ފަހަަކަށް އައިސް ރާއްޖޭގައި ފަތުރުވެރިން ފީނަން ގޮސް އުޅެނިކޮށާއި މޫދުގައި އުޅެނިކޮށް ހިނގާ ތަފާތު ހާދިސާ ތަކުގައި ފަތުރުވެރިންނަށް އަންނަނީ ގެއްލުންވަމުންނެވެ.

ބ. އަތޮޅަކީ ކަނޑުގެ ދިރުންތައް ގިނަ އަދި ޑައިވަރުންގެ ސަމާލުކަން ހޯދާފައިވާ އަތޮޅެކެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާތުން ހިމާޔަތްކޮށްފައިވާ ބަޔޮސްފިއާ ރިޒާވުވެސް ބ. އަތޮޅުގައި އޮވެއެވެ.
ހިޔާލު