Procurement in 30 insahtha faisaa naajaaizugothugai Heydhakuraa kamuge thuhumathu Raees kurahvaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް--
0 ކޮމެންޓް
 

ޕްރޮކިއުމަންޓުން 30 އިންސައްތަ ފައިސާ ނާޖާއިޒުގޮތުގައި ހޭދަކުރާކަމުގެ ތުހުމަތު ރައީސް ކުރައްވައިފި

ޕްރޮކިއުމަންޓަށް ކުރާ ހޭދައިގެ ތެރެއިން 20 އާއި 30 އިންސައްތަ ފައިސާ ނާޖާއިޒުގޮތުގައި ހޭދަކުރަމުންގެންދާކަމުގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވައިފި އެވެ.
ޕްރޮކިއުމަންޓުގެ ތެރެއިން ނާޖާއިޒުގޮތުގައި ފައިސާ ހޭދަކުރަމުންދާކަމުގެ ތުހުމަތު ކުރައްވާ ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކޭމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ދައުލަތަށް ގަންނަ މުދަލަށް ކުރާ ހަރަދަކީ ނަޒާހަތްތެރިކަމާ އެކު ކުރެވޭ ހަރަދަކަށް ވެއްޖެނަމަ ދައުލަތުގެ ހަރަދު 20 އިންސައްތައާއި 30 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ކުޑަކުރެވޭނެކަމަށެވެ.

ނ. ވެލިދޫގައި ބޭއްވި އެމްޑީޕީގެ ކޭމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް ސޯލިހު ރޭ ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންނަށް އިތުރު ބުރަތަކެއް އުފުލުވުމަށް ޓެކްސްތަކެއް އިތުރުކުރާނެ ސަރުކާރެއް ނޫންކަމަށެވެ.

ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ މުވައްސަސާތަކާއި ގައުމު ހިންގުމުގެ ބާރުތަކުގައި ތިބީ ނަޒާހާތްތެރި ގައުމަށް އިހްލާސްތެރި ބަޔަކަށް ވާންޖެހޭ ކަމަށާއި ދައުލަތަށް ގަންނަ މުދަލަށްކުރާ ހަރަދަށް މިހާތަނަށް އައިއިރުވެސް ތަންތަނުގެ އިސްވެރިން ބޮޑެތި ހިޔާނާތްތަށް ވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން، އެކަމަކީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭކަމެއްކަމަށާއި މިކަން ހުއްޓުވައިގެން މެނުވީ ގައުމަށް އެދެވޭ ތަރައްގީއެއް ނާންނާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ ޕްރޮކިއުމެންޓަށް ކުރާ ހަރަދުން ގެއްލޭ ފައިސާ ސަލާމަތްކޮށް އާސަންދަ ފަދަ ހިދުމަތްތައް ފުޅާކުރުން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއެވެ.

"ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރި ނުވާނެ މީހުން ގައުމުގައި ތިބުން ވަރަށްވެސް މުހިންމު. ހަމައެކަނި ޕްރޮކިއުމަންޓުން ދައުލަތަށް ގަންނަ މުދަލުން އެ ރަނގަޅަށް ބެލެހެއްޓިއްޖެކަމަށްވަންޏާ ދައުލަތުން ހޭދަކުރާ ފައިސާގެ 20 އިންސައްތަ ނޫނިއްޔާ 30 އިންސައްތަ ފައިދާގެ ގޮތުގައި ރައްކާކުރެވޭ. މިއީ އަޅުގަނޑު މިދަންނަވާ އާސަންދަ ފުޅާކުރުމަށް ލިބޭ ފައިސާ. އެއްވެސް ހަލަތެއްގައި އަޅުގަނޑު މިދަންނަވަނީ ޓެކްސް އިތުރުކުރާ ވާހަކައެއްނޫން." ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވެފައި މިވަނީ ނިމިދިޔަ ސަރުކާރުގެ އިސްވެރިންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް ބައެއް ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ބުނެ އަމިއްލަ މަންފާއަށްޓަކައި ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ހިޔާލު