IGMH ah 34 naruhun hoadhanee
image
އައިޖީއެމްއެޗް ނަރުހުން-- ފޮޓޯ: ސަން
0 ކޮމެންޓް
 

އައިޖީއެމްއެޗަށް 34 ނަރުހުން ހޯދަނީ

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުން 34 ނަރުހުން ހޯދަން އިއުލާނުކޮށްފިއެވެ.
އިއުލާނުގައިވާ ގޮތުން ނަރުހުންގެ މަގާމަށް ކުރިމަތި ލުމަށް ތިން ރޭކްކަކަށް ބަހާލާފައި ވެއެވެ. އެގޮތުން " ސީ.އެސް 8-1" އަށް ހުށައަޅާ ނަމަ އެފަރާތަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނާސިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތްތަކަށް ވާންޖެހޭ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

"ސީ.އެސް. 8-2" އަށް ހުށައަޅާ ފަރާތެއް ނަމަ ރެޖިސްޓަރޑް ނަރސް ސީ.އެސް. 8-1 ގެ ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިންސައްތައިން މާކްސް ހޯދާފައިވާން ޖެހޭނެއެވެ. އަދި "ސީ.އެސް. 8-3" ހުށައަޅާ ފަރާތެއް ނަމަ މޯލްޑިވްސް ނަރސިންގ މިޑްވައިފްރީ ކައުސިލް ގަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާން ޖެހެއެވެ.

މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ -/9060 އާއި -/9360 އާއި ދެމެދު އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި -/188 ރުފިޔާ ދިނުމަށް ވަނީ ކަނޑާއަޅާފައެވެ.

ނަރުހުންގެ މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މިމަހު 25 ވާ ހޯމަ ދުވަހުގެ 13.30 ގެ ކުރިން، އައިޖީއެމް ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށް ހުށައެޅުމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ހިޔާލު