Bully kurumaa dhekolhah masahkai kuraa ambassador ah blackmail kurun fadha bodethi thuhumathuthakeh!
image
އާލް: އޭނާގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތު ތަކެއް ކުރެވޭ.-- ފޮޓޯ: ޓްވިޓާ/އާލް ނަސީރު
2 ކޮމެންޓް
 

ބުލީ ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ އެންބެސެޑަރަށް ބްލެކްމެއިލް ކުރުން ފަދަ ބޮޑެތި ތުހުމަތުތަކެއް!

ސްކޫލު މާހައުލުގައި ބުލީކުރުމާ ދެކޮޅަށް އަމަލުކުރާނެ އުސޫލު އެކުލަވާލުމަށް، އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަން އައްޔަން ކުރި އާލިފް ނަސީރު (އާލް) ބައެއް އަންހެން ކުދިން ބްލެކްމެއިލް ކުރުމާއި، ފުރައްސާރަ ކުރުން ފަދަ ސީރިއަސް ތުހުމަތުތަކެއް އާލުގެ މައްޗަށް ކުރެވުމާ އެކު އޭނާ އެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފި އެވެ.
ޔޫޓިއުބްގައި ތަފާތު ވީޑިއޯތައް ޝާއިއުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި އާލް، ބުލީ ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ އެމްބެސެޑަރަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އަދި އެއާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ވަނީ އާލް އަށް ސީރިއަސް ތުހުމަތުތަކެއް ކޮށް، އޭނާ އެ މަގާމުން ވަކިކުރުމަށް ގޮވާލާފަ އެވެ.

އެއާ އެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޓްވިޓާގައި ވިދާޅުވީ، އާލް އެ މަގާމަށް އައްޔަން ކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އިތުބާރުކުރެވޭ މުވައްޒަފުންގެ ލަފާގެ މަތިން ކަމަށެވެ. އަދި އެ މަގާމަށް އާލް ހަމަޖެއްސުމުގެ ކުރިން ބެކްރައުންޑް މައުލޫމާތު ހޯދި އިރު، ކަންބޮޑުވާންޖެހޭފަދަ އެއްވެސް ކަމެއް އޭރު ފެނިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާލިފްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ އެކު އޭނާ މައްސޫލިއްޔަތުތަކުން އެކަހެރި ކުރި ނަމަވެސް އަދި އެ މަގާމުން ވަތްކެއް ނުކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އޭނާ ސަސްޕެންޑް ކުރި އިރު، ޔޫޓިއުބްގައި އޭނާ ހަދާ ވީޑިއޯތަކަށް އެއްބާރުލުން ދޭ ބައެއް ކުންފުނިތަކުން ވެސް މިހާރު ވަނީ އޭނާ އާ އެކު މަސައްކަތް ކުރުން ހުއްޓާލާފަ އެވެ. އެގޮތުން ދިރާގުގެ މިދިޔަ އަހަރުގެ ކަލަންޑަރު ވީޑިއޯ އާލް އާ ގުޅިގެން ހެދި އިރު، ތުހުމަތުތަކާ އެކު އެ ކުންފުނިން މިހާރު ވަނީ އެ ވީޑިއޯ ނަގާފަ އެވެ. އަދި އިތުރު އެއްވެސް ޕްރޮޖެކްޓެއްގައި އޭނާ އާ އެކު މަސައްކަތް ނުކުރާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ލެކިއުޓް އާއި ލޮޓަސް އަދި ބައިސްކޯފު ފަދަ ތަންތަނާ ގުޅިގެން އާލް ވީޑިއޯތައް ހެދި ނަމަވެސް މިހާރު އެ ތަންތަނުން ވެސް ވަނީ އޭނާ އާ އެކު މަސައްކަތް ކުރުން ހުއްޓާލާފައި ކަމަށް ވެއެވެ.

އާލްގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާ ގުޅިގެން އޭނާ ވަނީ ޓްވިޓާގައި މައާފަށް އެދިފަ އެވެ. އަދި އޭނާ އަށް ގޯސް ހެދުނުކަމަށް އިއުތިރާފުވެ، ކުރިއަށް އޮތް ތަނުގައި އެ ފަދަ ކަންކަން ތަކުރާރު ނުކުރާނެ ކަމަށް އާލް ވަނީ ބުނެފައެވެ.
ހިޔާލު

އަންހެނެއް

ކަންތައް ފަލަ ސޮރެއް ތީ އާ!

ހަނީފް

ބަލާލީމަވެސް ޖަހަނީ އަންހިންދުޅާ ފާޑު