Shah dhen fennaanee Web Series akun
image
ޝާހްރުކް ހާން--
0 ކޮމެންޓް
 

ޝާހު ދެން ފެންނާނީ ވެބް ސީރީޒަކުން

ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާނު ދެން ފެނިގެންދާނީ ވެބް ސީރީޒަކުން ކަމަށް ހަބަރުތައް ބުނެފިއެވެ.
ހަބަރުތައް ބުނާގޮތުގައި އެ ވެބް ސީރީޒަކީ ތްރިއްލާއެކެވެ. އަދި ޝާހު ލީޑުން ފެނިގެންދާ އެ ވެބް ސީރީޒް ޕްރޮޑިއުސް ކުރާނީ ވެސް އޭނާއެވެ.

އެކަމާ ގުޅިގެން މިހާތަނަށް ޝާހު ވާހަކަ ދައްކާފައި ނުވާއިރު އޭނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނެރުނު ފިލްމު "ޒީރޯ" އިންނެވެ. އެފިލްމަށް މާބޮޑު ތަރުޙީބެއް ލިބިފައެއް ނުވާއިރު ފިލްމުގެ ނާކާމިޔާބީގެ ސަބަބުން ޝާހު ހުރީ ވަރަށް ބިރުން ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

ކާމިޔަބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާހުއަށް އިންޑިއާއިން އެންމެ ފުރަތަމަ ޖައްވަށް ދިޔަ މީހާ، ރާކޭޝް ޝަރްމާގެ ހަޔާތާބެހޭގޮތުން ހެދުމަށް ތައްޔާރުވަމުން އަންނަ ފިލްމު، "ސާރޭ ޖަހާން ސެ އައްޗާ"ގައި މަސައްކަތް ކުރުމުގެ ފުރުސަތު ދާދިފަހުން ލިބުން އިރު އޭނާ ވަނީ އެފިލްމުގައި މަސައްކަތް ނުކުރާން ނިންމާފައެވެ. އަދި އެއީ "ޑޯން 3" ގައި މަސައްކަތް ކުރަން ކަމަށް އަޑުތައް ފެތުރުނު ނަމަވެސް ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ވެސް ސަލްމާން ހާން އާއެކު ޝާހު ފެންނާނެ ކަމަށް އަޑުތައް ވަނީ ގަދަވެފައެވެ.


ހިޔާލު