PPM aai JP gulhigen sarukaarah jessunkurun 'mekuhah'!
image
ޕީޕީއެމް ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން 2017 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ގިނަ މެމްބަރުން މިހާރު ވަނީ ސަރުކާރު ކޯލިޝަން ޖޭޕީއާ ގުޅިފައި-- ފައިލް ފޮޓޯ
2 ކޮމެންޓް
 

ޕީޕީއެމާއި ޖޭޕީ ގުޅިގެން ސަރުކާރަށް ޖެއްސުންކުރުން "މެކުހަށް"!

ކުރީގެ ރައީސް އަދި ޕީޕީއެމް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނުތަކަށް ގެނެސްފައިވާ ބައެއް ބަދަލުތައް ކަމު ނުގޮސްގެން ހަމަ އެ ޕާޓީއަށް ނިސްބަތްވާ މެމްބަރުން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ފަށައިފި އެވެ.
އެގޮތުން، ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވޯޓަށް އަހައި ފާސްކުރުމަށް އެޖެންޑާ ކޮށްފައިވާ އިސްލާހު ފާހަގަ ކޮށްލެވެ އެވެ.

އެއީ މަޖިލީހުގެ މަގާއިދުގެ 71 ވަނަ މާއްދާގެ (ށ)އަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހަޅުއްވާފައިވާ އިސްލާހު އެވެ. އެ އިސްލާހު އޭނާ ހުށަހަޅުއްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އާންމު ކޮމެޓީގެ ބައްދަލުވުމުގަ އެވެ. އަދި އެކޮމެޓީގެ ބައްދަލުވުމުގައި ވަނީ އެ އިސްލާހު ކޮމެޓީން ފާސްކޮށްފަ އެވެ.

އާންމު ކޮމެޓީން އެ އިސްލާހު ފާސްކޮށްފައިވީނަމަވެސް، އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ރައްޔިތުންގެ މަޖިލީހުގައި އެ އިސްލާހަށް ވޯޓަށް އަހައި އެ އިސްލާހު ފާސްވެއްޖެ ނަމަ އެވެ.

އަލީ އާރިފް ހުށަހެޅުއްވި އެ އިސްލާހުގައި ބުނަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލްތައް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ)ގައި މިހާރު ބުނަނީ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ހުށަހަޅާ ބިލްތަކާއި، ދައުލަތުގެ މާލިއްޔަތުން ވަކިކަމަކަށް ފައިސާ ހަރަދުކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހަޅާ ބިލްތައް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ.

ރައީސް ޔާމީން ސަރުކާރާ ހަވާލުވެ، އަދި ސަރުކާރަށް ނިސްބަތްވާ މެމްބަރުން މެދުވެރިކޮށް، މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ށ)އަށް "ދައުލަތުގެ މާލިއްޔަތުން ވަކިކަމަކަށް ފައިސާ ހަރަދުކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހަޅާ ބިލްތައް ހުށަހަޅާނީ ސަރުކާރުން ކަމަށެވެ." މިބައި ވަނީ އިތުރުކޮށްފަ އެވެ.

އެ މާއްދާއަށް އެބައި އިތުރުކުރީ، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް 5,000ރ ދިނުމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު މަޖިލީހަށް ބިލެއް ހުށަހަޅުއްވާފައިވާތީ، އެބިލް މަޖިލީހުން ބޭރު ކޮށްލުމުގެ ނިޔަތުގަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ އިނާޔަތް 5000ރ. އަށް ބޮޑު ކުރުމަށް އަނާރާގެ އިތުރުން ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމު ވެސް މަޖިލީހަށް ހުށަހެޅުއްވި އެވެ. ނަމަވެސް އެބިލް އެތައް ދުވަހެއް ވަންދެން މަޖިލީހުގައި ބޭއްވުމަށް ފަހު ބޭރުކޮށްލީ ރައީސް ޔާމީން އެންގެވުމުގެ މަތިން ކަމަށް އެބިލް ބޭރުކޮށްލުމަށް ވޯޓު ދެއްވި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން 2014 ވަނަ އަހަރު އަނާރާ ހުށަހެޅުއްވި އެބިލް 81 މެމްބަރުންގެ ތާއީދާ އެކު ބަލައިގަންނަން ފާސްކުރި ނަމަވެސް ކޮމެޓީ މަރުހަލާގައި އެބިލް ދެ އަހަރު ވަންދެން ވަނީ ބާއްވާފައެވެ. އަދި ފަހުން ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލް ބޭރުކޮށްލާފައެވެ.

ދައުލަތުގެ ބަޖެޓަށް ބަރޯސާވާ، ހަރަދެއް ކުރުމަށް ނުވަތަ އުނިކުރުމަށް ހުށަހެޅޭ ބިލެއް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރަށް ކަމަށް ކުރިން ޕީޕީއެމުން ބުނި ނަމަވެސް، މިހާރު ވަނީ ޕީޕީއެމްގެ ސަރުކާރު ބަދަލުވެ، އޭރުގެ އިދިކޮޅު ފަރާތްތައްމިވަނީ ސަރުކާރާ ހަވާލުވެފަ އެވެ. އެހެންކަމުން ޕީޕީއެމްގެ "ސްޓޭންޑް" އަނެއްކާވެސް މިވަނީ ބަދަލުވެފަ އެވެ.

ސަރުކާރު ބަދަލުވިޔަސް، ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް އޮތީ ޕީޕީއެމްގެ ބާރުކަން ނުވަތަ ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ބާރުކަން މަޖިލީހުގެ ބައެއް ނިންމުންތަކުން އެނގެ އެވެ. ޕީޕީއެމް އިދިކޮޅުގައި އޮތިއްޔާ އަބަދުވެސް ސަރުކާރަށް ޖެއްސުން ކުރުމަށް ގެންގުޅޭ ސިޔާސަތުތައް މިއަދުވެސް މަޖިލީހުގެ ތެރެއިން މިދަނީ ފެންނަމުންނެވެ.

މަޖިލީހުގެ ސާފު މެޖޯރިޓީ ޕީޕީއެމް އަތުގައި ނެތްނަމަވެސް، ސަރުކާރު ކޯލިޝަން ޕާޓީއެއް ކަމަށްވާ ޖުމްހޫރީ ޕާޓީ ގެންދަނީ މަޖިލީހުގެ ތެރޭގައި އިދިކޮޅު ޕީޕީއެމާއެކު މަސައްކަތް ކުރަމުން ނެވެ.
ހިޔާލު

އައްލާބެއްޔާ

އެވާގޮތަކީ ދެއަތައް އެނބުރޭ ބުރުމާއެއް މަޖިލިސްގެ ރަޢީސްގެ ގޮތުގައި ހުރީމަ ވާގޮތް!ބުރުމާ ބޮލަށް ޕީޕީއެމް އިން 100 ފަހަރު ކަށިޖެއްސަސް އޭނާއަށް އިޚްސާސްވެސް ނުވޭ! ހިއްސު ކެނޑި އުމުރުން ދުވަސްވެ ބޮލުރޮދި ކެނޑުނީމާ ވާގޮތް!

ވަތަނީ

ޕޕމ އާއި ޖޭޕ ގުޅިގެން ކުރަނީ ގައުމީ މަސައްކަތެވެ މަގުގެއްލި ވާވަދެފައި މޑޕ އަށް މަގު
ދައްކައި އެޕާޓީއަށާއި ރައްޔިތުންނަށް އެންމެފައިދާހުރި
ގޮތްތައް ދަސްކޮށްކޮށްދިނުމު އުނދަގޫ މަސައްކަތެވެ
މޑޕ ބޭނުންހާގޮތަކަށް ކަންކަންކުރަން ދޫކޮށްލުމަކީ
ޚޮދު އެޕާޓީއަށްވެސް ފައިދާހުރި ގޮތެއްނޫނެވެ މޑޕ
އަކީ ހަގީގަތުގައި ނާގާބިލް ޕާޓީއެކެވެ