Redwave saleem aai Sujau ah rahdhu dhevvee Dunya
image
ސުޖާއު (ކ) އަދި ސަލީމް
8 ކޮމެންޓް
 

ރެޑްވޭވް ސަލީމާއި ސުޖާއުއަށް ރައްދު ދެއްވީ ދުންޔާ

ރޫމް ބޯއީންނާއި މަސްވެރިންނަށް ގަދަރު ކުޑަވާގޮތަށް ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫނު ރައްދު ދެއްވައިފިއެވެ.
ރޫމް ބޯއީންނަށް ގަދަރު ކުޑަވާގޮތަށް ވާހަކަ ދައްކަވާފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ރެޑްވޭވް ސަލީމެވެ. މަސްވެރިންނަށް ގަދަރު ކުޑަވާގޮތައް ވާހަކަ ދެއްކެވީ ރެޑްވޭވުގެ އިސްވެރިއެއްކަމަށްވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ.

ދެ މެމްބަރުން އެފަދަ ވާހަކަތަކެއް ދައްކަވާފައިވަނިކޮށް އެކަމަށް ރައްދު ދެއްވާ ދުންޔާ މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ"މަސްވެރި އަކަސް، ރޫމްބޯއި އަކަސް ގައުމަށް ހިދުމަތް ކޮށްދެވޭނެ!" ކަމުގައެވެ.
ރޫމް ބޯއީންގެ ގަދަރު ކުޑަވާގޮތަށް ސަލީމް ވާހަކަ ދެއްކެވީ ޕީއެސްއެމް މަޖިލިސް ބަހުސްގައެވެ.

ބަހުސް ނިންމާލަމުން ސަލީމް އަށް ދިން ފަހު ފުރުސަތުގައި އޭނާ ވަނީ ރޫމް ބޯއީންގެ ގަދަރު ކުޑަވާ ގޮތަށް، "ރިސޯޓެއްގެ ރޫމް ބޯއީއަކަށް އުޅެފަ އައިސް މަޖިލީހަށް ދިޔައީމާ،" ކުރެވޭނީ ކޮން މަސައްކަތެއްތޯ ސުވާލު އުފައްދާފަ އެވެ. ބެލެވޭ ގޮތުގައި ސަލީމް އެހެން ވިދާޅުވީ، ލޭބާ ޕާޓިގެ ފަރާތުން އެ ދާއިރާ އަށް ވާދަކުރާ ޔޫސުފް މޫސާ (ޔޫސޭ) އަށް ނިސްބަތްކޮށެވެ.

ޔޫސޭ އަކީ ސަރުކާރުގައި ފަސް ވަރަކަށް އަހަރު މަސައްކަތް ކުރުމަށް ފަހު، 1991 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ޓޫރިޒަމް ދާއިރާގެ އެކި ތަފާތު ވަޒީފާތަކުގައި ފާއިތުވި 28 އަހަރު ހޭދަކުރެއްވި ޔޫސޭ އަކީ މިހާރު ރިސޯޓެއްގެ ޑިޕާޓްމަންޓެއްގެ ވެރިއެކެވެ.

ސަލީމް ވަނީ ޔޫސޭގެ ނަން ނުބުނެ އޭނާ އާ ދިމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ކުރިއަށް އޮތް އިންތިހާބުގައި "ވަރަށް ހަނި، ކުޑަކުޑަ ނަތީޖާ އަކުން، ލަދުގަންނަ މިންވަރުން އޭދަފުށީ ރައްޔިތުން ވޯޓް ދީގެން [ޔޫސޭ] ބަލިވާތަން ފެންނާނެ،" ކަމަށް ސަލީމް ވިދާޅުވި އެވެ.

މަސްވެރިންގެ ގަދަރު ކުޑަވާގޮތަށް ސުޖާއު ވާހަކަ ދެއްކެވީވެސް ޕީއެސްއެމް މަޖިލިސް ބަހުސްގައެވެ.

ޕީއެސްއެމް މަޖިލީސް ބަހުސްގެ ތެރެއިން، މި އަހަރު ވެސް ބާރަށު ދާއިރާ އަށް ވާދަކުރައްވާ ޝުޖާއު ވިދާޅުވީ ލާމަރުކަޒީ ގާނޫނު ތަންފީޒުކޮށް ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަން، މަހައްދާ މީހަކު ހުރެގެން، އެ ނިޒާމު ހިންގެން ނޯންނާނެ ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނޭ ކިޔައިގެން ވާހަކަދައްކާ މީހުން އެކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ބައެއް ކައުންސިލްތަކުގައި އެބައުޅޭ މަހަށްދާ މީހުން. ކިހިނެއްތޯ މަހައްދާ މީހުން ޕާޓީއަށްޓަކައި، ތިލަފަތައްޓަކައި ހޮވައިގެން ކިހިނެއްތޯ އަޅުގަނޑުމެން ކައުންސިލްތައް ހިންގާނީ. އެހެންވީމާ ގާބިލް ރައްޔިތުން ކައުންސިލްތަކަށް އިންތިހާބުވެގެން، މި ނިޒާމުގެ އޮނިގަނޑަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެސްގެން މެނުވީ އަޅުގަނޑުމެންނަށް ލާމަރުކަޒީ ގާނޫނު ހިންގޭކަށެއް ނެތް،" ރައީސް ޔާމީނުގެ ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު އިންތިހާބުގައި ވާދަކުރައްވާ ޝުޖާއު ވިދާޅުވިދާޅުވި އެވެ.

ސަލީމްއާއި ސުޖާއުގެ ވާހަކަތަކާއި ގުޅިގެން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ.
ހިޔާލު

ޙުސެން

މަޖިލީހުގެ މެޖޯރިޓީ އޮވެ ނުވިކަމެއް ދެނެއް ނުވާނެ

ނޫ

ސަލީމުގެ ގޮތެނެއްކަން.....

ގޮބޮޅި

ތީވައްކަންކޮށްގެން ހޯދި މުއްސަނދިކަމެއް އެހެންނޫނަމަ ކަލޭމެންވެސް ތިއީ ހަމަ ރޫމްބޯއީން ފެނަވަރުގެ މީހުން މަސްވެރިން ފެންވަރުގެ މީހުން

ކަލް

މިހާރު ޔަގީންވެއްޖެ ސަލީމާ ޝުކާއާ ކިޔެވީ އެއްފޮތަކުންކަން. މިދެމީހުންގެ ގުޅުންވެސް އެހާ ބޮޑީ އެއްފޮތަކުން އެއްތަނަކުން ކިޔެވީމަ

ނަން

ނަންވާނީ މާލެ މީހުން!

ޞައްދާމު

ކުރިން ގެޔެއްގެ ފެންޑާގައި ބޮޑުދިއުޅިލީ ފަހާފޮއްޓެއް ބަހައްޓައިގެން މަސްވެރިންގެ ބޮޑުހަރުވާޅުގެ ކައްގަޑާ، ކޯރި ފެހި މީހުންވެސް މަޖިލީހުގައި އެބަ އުޅޭ!

ޢަހްމަދު

ސަލީމު ކިޔަވާ ވިދާޅުވީ އޮކްސްފޯޑުން ތޯނޫނީ އަޒްހަރުންތޯ ލާރި އަތުޖެހުނީމަ ހޭރިކަން ނުވަނީ ދޯ؟!

ހަބީބު.

ހުރިހާދާއިރާއެއްގެ އެކިފެންވަރުގެ މީހުންތިބެގެން ގައުމެއް ފުރިހަމަވާނީ މިސާލަކައް ސަލީމުފަދަ މީހަކު ވިއްކާ އެއްޗެހި ގަންނާނެމީހަކު ވާނެބާ އެހެންނޫންނަމަ