Mifco ge wufehdhunthah ishthihaaru kurumah dhekunu America ah
image
ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ ފެއާގައި ރާއްޖޭ ބައިވެރިވެފައި---ފޮޓޯ:މިފްކޯ
0 ކޮމެންޓް
 

މިފްކޯގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ދެކުނު އެމެރިކާއަށް

ސަރުކާރު މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް ދެކުނު އެމެރިކާ ސަރަހައްދުގައި އޮންނަ އެންމެ ބޮޑު ފެއާގައި ބައިވެރިވެއްޖެ އެވެ.
މިމަހުގެ 17 އިން 19 ގެ ނިޔަލަށް ކުރިއަށް ގެންދާ ބޮސްޓަންގައި އޮންނަ ސީފުޑް އެކްސްޕޯ ނޯތު އެމެރިކާ ފެއާގައި މިފްކޯ އިން އުފައްދާ ގިނަ ބާވަތްތަކާއި މަސްވެރިކަމާއި ގުޅުންހުރި ގިނަ ބާވަތްތަކުގެ އިތުރުން މަސްވެރިކަމުގެ ފަހުގެ ޓެކްނޮލޮޖީ ވެސް ވިއްކަން ބަހައްޓާފައިވެ އެވެ.މިފަކޯ އިން ބުނީ އެފެއާގައި ދިވެހި މަހުގެ އުފެއްދުންތަކާއި ން ދިވެހިން މަސް ބޭނުމުގައި ބޭނުން ކުރާ ތިމާވެއްޓާއި ރައްޓެހި ގޮތްތައް ވެސް ޕްރޮމޯޓް ކުރާނެ ކަމަށެވެ.

މިފްކޯއިން ވަނީ މިދިޔަ މަހު ވެސް ފެއާ އެއްގައި ބައިވެރިވެފައެވެ. އެއީ ގަލްފުގައި އޮތް އެންމެ ބޮޑު އެއް މަސްވެރިކަމުގެ ފެއާއެވެ. އެ ފެއާ ބާއްވާފައިވަނީ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައި މިދިޔަ މަހުގެ 17 އިން 21 ގެ ނިޔަލަށެވެ.
މިފްކޯ
ހިޔާލު