Rajjeygai Bodethi Vahkanthah Kurany Fandiyaarun Magufahikohdheythee
image
ކުރީގެ ރައީސް މުހައްމަދު ނަޝީދު--
2 ކޮމެންޓް
 

"ރާއްޖޭގައި ބޮޑެތި ވައްކަންތައްކުރަނީ އެކަމަށް ފަނޑިޔާރުން މަގުފަހިކޮށްދޭތީ"

ރާއްޖޭގައި ބޮޑެތި ވައްކަންތައްކުރަނީ ފަނޑިޔާރުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އިމްތިޔާޒު ފަހުމީގެ ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ފަނޑިޔާރުންގެ ގޯސް ވާހަކަތައް ވެސް ދައްކަން ޖެހޭ ކަމަށާއި އެހެން ނޫނީ ފަނޑިޔާރުން އިސްލާހު ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ބޮޑެތި ވައްކަންތައް ކުރަނީ ފަނޑިޔާރުން އެކަމަށް މަގުފަހިކޮށްދޭތީ ކަމަށާއި އެކަމަކު އެއީ ހަގީގަތެއްކަން އެނގިހުރެ ދިވެހިން އުޅެން ޖެހެނީ އެ ވާހަކަތައް ދައްކަން ނުކެރިގެން ކަމަށެވެ.

ފަނޑިޔާރުންނާއި ގުޅިގެން އެނގޭކަންކަން އާންމުކުރުމަށް ހިތްވަރުދެއްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ފަނޑިޔާރުން "ލަދު ގަންނުވާނުލާ ފަނޑިޔާރުގެ އިސްލާހު ނުވާނެ" ކަމަށެވެ. އަދި އެފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން ފަނޑިޔާރުން އެމަނިކުފާނާއި މެދު ހިތްހަމަ ނުޖެހޭނެކަން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެވާހަކަތައް ދެއްކުމުގެ ބޭނުމަކީ ފަނޑިޔާރުގެ އިސްލާހުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ފަނޑިޔާރުގޭގައި މިހާރު ތިއްބެވި ބޭފުޅުން ބަދަލުކޮށްގެން ވެސް އެތަން އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ފަނޑިޔާރުގެ އިސްލާހު ކުރެވޭނީ ހަރުދަނާ ނިޒާމެއް ގާއިމުކުރެވިގެން ކަމަށެވެ.

"ބައެއް މީހުން ބުނޭ ބޭނުން ވަނީ އިހްލާސްތެރި މީހެކޭ، ނޫން ބޭނުން ވަނީ ނުލަފާ މީހާ ހުއްޓާ ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް، ބޭނުން ވަނީ އެ ނިޒާމް، އަޅުގަނޑުމެން ނުވެސް ދަންނަން އިހްލާސްތެރި މީހެއް ހެޔޮލަފާ މީހެއް، ހަމަ ދަންނަނީ އިންސާނެއް، އެންމެންނަކީ ވެސް އާދައިގެ އިންސާނުން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނުލަފާ މީހުންނަށް ވެސް ގޯސް ކަމެއް ނުކުރެވޭނެ ނިޒާމަކީ އެމްޑީޕީގެ އެޖެންޑާ 19 ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދޭންވީ އެހެންވެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހިޔާލު

ޢަލީ

ﷲ އަށް ބިރުވެތިވެގެން،އިސްލާމީ ހުކޫމަތު ތަންފީޒު ވެގެން ވާނީ

އިކްރާމް

އެހެންވެ ދޯ ކޯޓުތައް ބޭނުން ކޮށްގެން 22 މިލލިއަނުން، 78 މިލިޔަނުން ޕާޓީކުދިންނަށް ޓެކްސް ފައިސާ ހޯދައިދެނީ.