Bhansali aaeku 20 aharu fahun masaikaiy kuraakan Salman iulaan kohfi
image
ބަންސާލީ އާއި ސަލްމާން އަދި އާލިއާ--
0 ކޮމެންޓް
 

ބަންސާލީއާއެކު 20 އަހަރު ފަހުން ސަލްމާން މަސައްކަތް ކުރާ ފިލްމުގައި އާލިއާ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއެކު 20 އަހަރަށް ފަހު މަސައްކަތް ކުރަން އުޅޭކަމަށާއި އެފިލްމުގައި ސަލްމާނާއެކު ފެނިގެންދާނީ އާލިއާ ބަޓްކަން ސަލްމާން ހާން އިއުލާނުކޮށްފިއެވެ.
ބަންސާލީގެ ފިލްމަކުން ސަލްމާން ފެންނަން އުޅޭކަމަށް އަޑުތައް ފެތުރެމުންދާތާ އެތައް ދުވަސްތަކެއްވެފައި ވަނިކޮށް ސަލްމާން އިއްޔެ ކުރި ޓްވީޓެއްގައި ވަނީ ބަންސާލީއާއެކު 20 އަހަރެއްހާ ދުވަސް ފަހުން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އަދި އެފިލްމުގެ ލީޑު ބަތަލާއަކީ އާލިއާ ބަޓް ކަން ވެސް ސަލްމާން އިއުލާނުކޮށްފައިވެއެވެ.

ބަންސާލީ ޑައިރެކްޓުކޮށް 1999 ނެރުނު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" ގައި މަސައްކަތްކުރި ފަހުން ސަލްމާން އޭނާއާއެކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. އަދި އާލިއާ ވެސް ސަލްމާން އާއެކު މަސައްކަތް ކުރާ މިއީ ފުރަތަމަ ފިލްމެވެ.

ބަންސާލީއަކީ ވަރަށް ތަފާތު ފިލްމުތައް ނެރޭ ޑައިރެކްޓަރެކެވެ. އެގޮތުން މިފަހަކަށް އައިސް އޭނާ ނެރެނީ ކޮންމެވެސް ތާރީހީ ވާހަކަތަކެއްގެ ތެރެއިން ލޯބީ ދައްކުވައިދޭ ފިލްމުތަކެކެވެ. އެކަމަކު، އެ ފިލްމުތަކަކީ ބޮލީވުޑުގައި ބޮޑު ކާމިޔާބެއް ލިބެމުން އަންނަ ފިލްމުތަކެކެވެ.

ބަންސާލީއާއެކު މަސައްކަތް ކުރުމަކީ ވަރަށް ގިނަ ބޮލީވުޑު ތަރިން ބޭނުންވާ ކަމެއް ނަމަވެސް އެއީ އެހާ ފަސޭހައިން ލިބޭ ފުރުސަތެއް ވެސް ނޫނެވެ. ސަލްމާން އާއި އާލިއާ ފެނިގެންދާ ފިލްމުން ޝާހުރުކް ހާން ފެންނާނެ ކަމަށް ވެސް އަޑުތައް އެރި ނަމަވެސް އެކަން ރަސްމީ ސިފައެއްގައި އަދި އިއުލާނެއް ނުކުރެއެވެ.


ހިޔާލު