Katrina Car eh ganefi
image
ކެޓްރީނާ ކައިފް--
0 ކޮމެންޓް
 

ކެޓްރީނާ ކާރެއް ގަނެފި

ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ކަރެއް ގަނެފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ކެޓްރީނާ ގަނެފައި ވަނީ "ރޭންޖް ރޯވާ" ބްރޭންޑުގެ ކާރެކެވެ. އެގޮތުން އެ ކާރު އޭނާ ގަނެފައިވަނީ 49 ލައްކަ އާއި 65 ލައްކަ ރުޕީސް އާ ދެމެދުގެ އަގަކަން ކަމަށް ވެއެވެ.

އުމުރުން 35 އަހަރުގެ ކެޓްރީނާގެ އަތުގައި މިހާރު ވެސް "އައުޑީ" ބްރޭންޑުގެ ކާރެއް އޮވެއެވެ. ދެ ކާރުގައި ވެސް ވަނީ އެއް ރަޖިސްޓްރޭޝަން ނަންބަރެވެ.

ގިނަ އަދަދެއްގެ ފިލްމުތަކެއްގައި މަަސައްކަތްކޮށްފައިވާ ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނެރުނު ފިލްމު "ޒީރޯ" އިންނެވެ. ޝާހުރުކް ހާން އާއި އަނުޝްކާ ވެސް ފެނިގެންދިޔަ އެފިލްމަށް މާބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ. ކެޓްރީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ހާނާއެކު "ބާރަތު" އިންނެވެ.
ހިޔާލު