Alia eynage driver ashai eheetheriyaa ah 50 lakka rupees ge cheque eh dheefi
image
އާލިއާ ބަޓް---
0 ކޮމެންޓް
 

އާލިއާގެ އޭނާގެ ޑްރައިވަރަށާއި އެހީތެރިޔާއަށް 50 ލައްކަ ރުޕީސްގެ ޗެކެއް ދީފި

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް، އޭނާގެ ޑްރައިވަރަށާއި އެހީތެރިޔާއަށް ގެއެއް ގަންނަން 50 ލައްކަ ރުޕީސްގެ ޗެކެއް ދީފިއެވެ.
މިމަހު 15 ގައި އާލިއާ އަށް 26 އަހަރު ފުރުނުއިރު އޭނާއަށް ވަނީ ގިނަ ބަޔަކު ތަހުނިޔާ ކިޔާ ހަދިޔާ ދީފައެވެ. ގިނަ ބަޔަކު ހައިރާން ކޮށްލީ އެދުވަހު އާލިއާ އޭނާގެ އުފަންދުވަހުގެ މުނާސަބަތުގައި އޭނާގެ ޑްރައިވަރަށާއި އޭނާއަށް އެހީތެރިވެދޭ އެހީތެރިޔާއަށް އެމީހުންގެ އަމިއްލަ ގެއެއް ގަތުމަށް 50 ލައްކަ ރުޕީސްގެ ޗެކުތަކެއް ދިނުމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އާލިއާގެ ޑްރައިވަރާއި އެހީތެރިޔާ މިހާރު ވަނީ ޖުހޫ އިންނާއި ހާން ދަންޑާ އިން ގެއެއް ހޯދާފައެވެ. އާލިއާގެ ޑްރައިވަރާއި އެހީތެރިޔާ އަކީ އޭނާގެ އެކްޓިން ކެރިއަރު ފެށިންސުރެ އޭނާ އާއެކު އުޅެމުންދާ ބައެކެވެ.

ދެހާސް ބާރަ ވަނަ އަހަރު އާލިއާ ފިލްމީ ދާއިރާއަށް ނިކުމެފައިވާއިރު އޭނާ ފުރަތަމަ ކުޅުނު ފިލްމަކީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އެވެ. އެފިލްމަށް ފަހު އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އާލިއާ އެންމެ ފަހުން ފެނިގެންދިޔައީ "ގަލީ ބޯއީ" އިންނެވެ.

އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ނެރުނުމަށް ހަމަޖެހިފައިވާ ފިލްމު ކަލަންކް އަދި ބްރަހްމާސްޓްރާ އިންނެވެ. އެފިލްމުތަކުގެ އިތުރުން ތަހުތު އަދި ސަދަކް 2 ގައި ވެސް އާލިއާ ފެނިގެންދާނެއެވެ.
ހިޔާލު