Seyteh nei fihaaraakun viyafaarikohlan beynuntha, miee namoonaa Seyteh?
image
"އުސް ފެންޑާ" ފިހާރަ-- ފޮޓޯ: އެފްބީ
އައިމިނަތު ފަޒްނާ ރަޝީދު
0 ކޮމެންޓް
 

ސޭޓެއް ނެތް ފިހާރައަކުން ވިޔަފާރިކޮށްލަން ބޭނުންތަ، މިއީ ނަމޫނާ ސޭޓެއް؟

ފެންނަ ފެނުމަށް އެއީ އާދައިގެ ފިހާރައެކެވެ. ފިހާރައިގެ ބޭރުގައި ކުޑަވަރެއްގެ ފެންޑާއެއްގައި ރާއްޖެގައި ހައްދާ ތަފާތު ބާވަތްތައް އަތުރާފައި ހުއްޓެވެ. ދޮންކެޔޮ، ކުރުނބާ، ދަނޑިއަލުވި އަދި ބަރަބޯ ފަދަ ތަކެތީގެ އިތުރުން ވެސް އެހެނިހެން ތަކެތި މި ފެންޑާގައި ހުއްޓެވެ.
މި "ފިހާރަ" އެންމެން ދަންނަނީ "އުސް ފެންޑާ"ގެ ނަމުންނެވެ. އެ ފިހާރައިން އެއްޗެއް ގަންނަން ބޭނުންވެއްޖެނަމަ އަމަލުކުރަން ޖެހެނީ އެހެން ފިހާރަތަކާ މުޅިން ތަފާތުކޮަށެވެ. އެއްޗެއްގެ އަގު އަހާލަން ބޭނުން ނަމަ ޖެހޭނީ ފޯނުކޯލެއް ކުރާށެވެ. ސޭޓެއް ފެންނާކަން ނުހުރެ އެވެ. މި ފިހާރައިން އެއްޗެއް ގަންނަންވެއްޖެނަމަ ނުވަތަ އަގު އަހާލަން ބޭނުންވާ ނަމަ ގުޅުމަށް ދެ ނަމްބަރެއް އޮވެއެވެ. އެ ދެ ނަންބަރު ޖަހާފައި އޮންނަނީ ބޯޑެއް ގައެވެ.

މި އާދިޔާ ހިލާފު ފިހާރަ ހުންނަނީ ރާއްޖޭގައެވެ. ނަމަވެސް ވަރަށް ތަފާތު ރަށެއްގައެވެ. އެއީ އުތުރުން އެންމެ އާބާދީ ބޮޑު ރަށްކަމަށްވާ ހދ. އަތޮޅުގެ ވެރިރަށްކަމަށްވާ ކުޅުދުއްފުށީގަ އެވެ. މި ރަށުގައި މިފިހާރަ ހިންގަނީ ވަރަށް ކުޅަދާނަ މީހެކެވެ. އެމީހާއަކީ ފިހާރައިގެ ވެރިޔާގެ އިތުރުން ސޭޓްވެސް މެވެ. ނަމަވެސް އެ ސޭޓެއް ފިހަރައިގައި މަސައްކަތެއް ނުކުރެއެވެ. އޭނާ އުޅޭނެހާ ތަނެއްގައި އުޅުނު ނަމަވެސް އެ ފިހާރަ ހިންގާ އެ އަތޮޅު ނެއްލައިދޫ މުހައްމަދު ދާއޫދުގެ ވިޔަފާރި ދަނީ ކުރިއަށެވެ.

- މުހައްމަދު

ކުޅުދުއްފުއްޓަށް ދިރިއުޅުން ބަދަލުކޮށްގެން އުޅޭތާ އަށް އަހަރުވީއިރު އޭނާގެ "އުސް ފެންޑާ" ފިހަރަ ހިންގާތާ މިހާރު ތިން އަހަރުވެއްޖެއެވެ. އެ ވިޔަފާރިއާއެކު އޭނާ ވެސް ދަނީކުރިއަށެވެ.

އެއްވެސް މީހަކު ނެތް ތަނެއްގައި މުދާތަކެއް އަތުރާފައި ބަހައްޓާފައި އެތަނުން ވިޔަފާރިކޮށްފައި އެ ގަން މުދަލަށްވާ ފައިސާ އެތަނުގައި ބަހައްޓަށް ބުނާނީ ކާކު ހެއްޔެވެ. މިގޮތަށް އަމަލުކުރުމަށް މުދަލުގެ ވެރި މީހާ ބުނެފާނެކަމަށް ހީ ކުރެވޭ ހެއްޔެވެ. އެކަން ގަބޫލު ނުކުރެވުނަސް މިއީ ހަގީގަތަކެވެ.

މުހައްމަދު އޭނާގެ އުސް ފެންޑާ ފިހާރާގައި

ފޭސްބުކްގައި މީހަކު ވަރަށް ފަހުން ޖަހާފައިވާ ގޮތުން އޭނާ "އެއްޗެއް ގަންނަން ގޮސްފައި އެ ނަންބަރަށް ގުޅުމުން ގަންނަން ބޭނުންވާ އެއްޗެހި ނެގުމަށްފަހު، އަގު ފިހާރައިގައި ބެހެއްޓުމަށް އެހެން ނޫނީ ދިމާވީމާ ދިނަސް އެންމެ ރަނގަޅުކަމުގައި ސޭޓު ބުންޏެވެ. ފައިސާ ބަހައްޓާފައި ދިއުމަށް ޖެހިލުންވާތީ އަނެއްކާ ވެސް ގުޅާފައި ފައިސާ ގެންގޮސްދެންތޯ އެހެމުން "ދޮންމަނިކާ ތިކަމާ މާބޮޑަށް އަޅާނުލާ. ގަންނަން އައި އެއްޗެހި ހިފައިގެން އަވަހަށް ދެވޭތޯ ބަލާ ށޭ ބުންޏެއެވެ،" މިއީ ފޭސްބުކް ޕޭޖުގައި މުހައްމަދުގެ "އުސް ފެންޑާ" ފިހަރަ އާ ބެހޭ ގޮތުން ލިޔެފައިވާ ލިއުމެކެވެ. މިއީ ހަގީގަތުގައިވެސް އަޖައިބެއް ކަހަލަ ކަމެކެވެ.

އަޖައިބަކަށް ވިޔަސް މިފަހަރު ކުޅުދުއްފުށި މި ދިމާވި "އުސް ފެންޑާ" ފިހަރައިގެ ސޭޓް ކަންތައްކުރީ އެގޮތަށެވެ. އޭނާ ބޭނުންވީ ގަންނަން އައި މީހާ ބޭނުންވާ އެއްޗެއް ހިފައިގެން ގޮސް އެމީހާގެ މުހުތާދު ފިލުވުން އަވަސްކުރުމަށް މަގު ފަހިކުރުމަށެވެ.

- މުހައްމަދު ހޮނިހިރު ބާޒާރުގައި ވިޔަފާރިކުރަނީ--

"މިގޮތަށް ވިޔަފާރިކުރާތާ މިހާރު ތިން ވަރަކަށް އަހަރު ވެދާނެ. މީހުން ފައިސާ ނުދީ އެއްޗެހި ނުގެންދާނެ ކަމުގެ ޔަގީންކަން އޮވޭ. މި ފިހާރައިގައި އެއްޗެހި ކިރަން ކައްޓާއަކާ ކޮތަޅު ވެސް ލިބެން ހުންނާނެ. ދުފާ ސާމާނު ހުންނާނެ. ދުފުމުކަށް އެއްވެސް އަގެއް ނުގަން. އެއީ ހިލޭ ފޯރުކޮށްދޭ ހިދުމަތެއް،" އުމުރުން 54 އަހަރުވެފައިވާ ހަތަރު ކުދިންގެ ބައްޕަ މުހައްމަދު ބުންޏެވެ.

މިއީ ރާއްޖެއިން މިހާރު މަދުން ނޫނީ ނުފެންނާނެ ފަދަ ރީތީ މިސާލެކެވެ. އެކަކު އަނެކަކަށް އިތުބާރު ކުރުމާއި އަމާނަތްތެރިކަމާ އަދި ތެދުވެރިކަން ފަދަ ރީތި ސިފަތައް ދިވެހިންގެ ކިބައިން ނެތިދާކަމަށް ބުނަމުންދާ ދުވަސްވަރެއްގައި މިއީ ދިވެހިންގެ ކިބައިން ނެތިދާ ރީތި ސިފަތައް ނޭނގި ނަމަވެސް އާލާކުރުމަށް މުހައްމަދަށް ކުރެވޭ މަސައްކަތެކެވެ. މުހައްމަދުގެ އެނަމޫނާ މަސައްކަތުގެ އިތުރުން މުހައްމަދުއަށް ސޭޓެއްގެ "މުސާރަ" ނުދީ އެއްޗެހި ވިއްކެއެވެ. ވަގުތު ސަލާމަތް ކުރެވެއެވެ. މިއީ ނަމޫނާ ފިހާރައެކެވެ. އަދި ނަމޫނާ ވިޔަފާރިވެރި އެކެވެ. މިފަދަ މީހުން އިތުރުވަމުންދާ ނަމަ ދިވެހިން މި އެދޭ މުޖުތަމައު ނުލިބި ނުދާނެތާ އެވެ.
ހިޔާލު