7 Vana Faharah MACI ge Raees Kamah Janaah
image
0 ކޮމެންޓް
 

ހަތް ވަނަ ފަހަރަށް މަސީގެ ރައީސް ކަމަށް ޖަނާ

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ރައީސްގެ މަގާމަށް ހަތް ވަނަ ފަހަރަށް މުހައްމަދު ޖަނާހް އަލީ އިންތިހާބު ކޮށްފިއެވެ.
ރޭ ބޭއްވި މަސީގެ 17 ވަނަ އަހަރީ އާންމު ޖަލްސާގައި ޖަނާހް އެމަގާމަށް އިންތިހާބު ކުރިއިރު ކުރިއަށް އޮތް ދެ އަހަރަށް މަސީގެ ނައިބް ރައީސުންނަށް ހޮވާފައިވަނީ އަލާއު އަލީ އާއި އަބްދުﷲ ސޯލިހެވެ. އޭގެ އިތުރުން މަސީގެ ބޯޑު މެންބަރުންނަށް 15 ބޭފުޅަކު އައްޔަންކޮށްފައިވެއެވެ.

އެޖަލްސާގައި ޔައުމިއްޔާ ފާސްކޮށް މިއަހަރުގެ ބަޖެޓު ވެސް ފާސްކޮށްފައިވެއެވެ. އެގޮތުން މިއަހަރަށް މަސީގެ ބަޖެޓުގެ ގޮތުގައި އެއް މިލިއަނަށް ވުރެ ބޮޑު ބަޖެޓެއް ފާސްކޮށްފައިވެއެވެ.

ހޮޓަލް ޖެންގައި ރޭ ބޭއްވި މަސީގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުގެ 34 މެެމްބަރަކު ބައިވެރިވިއެވެ.

މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މަސީގެ ހިންގުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ފަރާތްތަކަށް ހާއްސަ ހަނދާނީ ފިލައެއް ވެސް އެރުވުމަށް ވެސް ނިންމާފައިވާއިރު 2001 ވަނަ އަހަރު އުފެދުނު މަސީއަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތައް ހިމަނައިގެން ދާއިރާ ކުރިއެރުވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މަސީ
ހިޔާލު