Luv aa Hina adhi Priyank ge Ekuverikamugai Nuthanavas kameh
image
ލަވް، ހީނާ އަދި ޕްރިޔަންކް--
0 ކޮމެންޓް
 

ލަވް އާއި ހީނާ އަދި ޕްރިޔަންކްގެ އެކުވެރިކަމުގައި ނުތަނަވަސް ކަމެއް

މަޝްހޫރު ޓީވީ ތަރި ހީނާ ހާން އާއި ޕްރިޔަންކް ޝަރްމާ އަދި ލަވް ތިޔާގީގެ މެދުގައި ގާތް ގުޅުމެއް އުފެދުނީ ކަލާސް ޓީވީން ދައްކާ މަޝްހޫރު ރިއަލިޓީ ޝޯ، "ބިގް ބޮސް" ގެ ތެރެއިންނެވެ. ތިން މީހުންގެ މެދުގައި އެކުވެރިކަން އުފެދުނުއިރު ޝޯއަށް ފަހު ވެސް އެތިން މީހުންގެ އެކުގައި މަޖާ ނަގާ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވެއެވެ.
އެކަމަކު، މިފަހަކަށް އައިސް ސޯޝަލް މީޑިއާއިން ފެންނަ ބައެއް ކަންކަމުން މި ތިން އެކުވެރިންގެ މެދުގައި ކޮންމެވެސް މައްސަލަތަކެއް އެބައުޅޭކަން ހާމަވެއެވެ. އެގޮތުން ލަވް މިވަނީ އިންސްޓަގްރާމު މެދުވެރިކޮށް ހީނާ އާއި ޕްރިޔަންކް ވެސް އަންފޮލޯކޮށްފައެވެ.

އެކަކު އަނެކަކުގެ ފޮޓޯތައް އިންސްޓަގްރާމުން ހިއްސާކުރަމުން ގޮސް ކުއްލިއަކަށް ލަވް، ޕްރިޔަންކް އާއި ހީނާ އަންފޮލޯ ކުރި ސަބަބެއް ނޭނގެއެވެ. އަދި އެކަމާއި ގުޅިގެން ލަވް ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވެއެވެ.

މޮޑެލް ކުރުމާއި ޑާންސް ކުރުމުގެ އިތުރުން ކޮރެއޮގްރާފަރެއްގެ ގޮތުގައި ފެނުނު އުމުރުން 25 އަހަރުގެ ޕްރިޔަންކް މަގުބޫލުވީ ބޮޑެތި ރިއަލިޓީ ޝޯތަކުގައި ބައިވެރިވެގެންނެވެ. އެގޮތުން އޭނާ ވަނީ ބިގް ބޮސްގެ އިތުރުން "ސްޕްލިޓްވިލާ" އާއި "ރޯޑީސް ރައިޒިން" ގައި ބައިވެރިވެގެންނެވެ.

އުމުރުން 31 އަހަރުގެ ހީނާ، މަގްބޫލުވީ، ސްޓާ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ގައި އަކްޝަރާގެ ރޯލުން ފެނުން ފަހުންނެވެ. ހަތްރޯން ކީ ކިލާޅީ އިން ވެސް ފެނުނު ހީނާ މިހާރު އަންނަނީ މަޝްހޫރު ޓީވީ ޝޯ، "ކަސޯޓީ" ގައި ކޮމޯލިކާގެ ރޯލު ކުޅެމުންނެވެ.

އުއްތަރުޕަރްދޭޝްއަށް ނިސްބަތްވާ ލަވްއަކީ ކޮމްޕިއުޓާ އިންޖީނިއާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ. ފިލްމީ ދާއިރާއިން ފެނިފައި ނުވާ ލަވް މަޝްހޫރުވީ، "ބިގް ބޮސް" އިންނެވެ.
ހިޔާލު