Bappa varah avahah India ah annane:Ranbir
image
ރަންބީރު އާއި ރިޝީ---
0 ކޮމެންޓް
 

ބައްޕަ ވަރަށް އަވަހަށް އިންޑިއާއަށް އަންނާނެ: ރަންބީރު

ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ވަރަށް އަވަހަށް ނިއުޔޯކުން އިންޑިއާ އަންނާނެ ކަމަށް ރިޝީގެ ދަރިފުޅު އަދި އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.
އުމުރުން 66 އަހަރުގެ ރިޝީ ބޭސްފަރުވާ އަކަށް ނިއު ޔޯކަށް ގޮސްގެން އުޅޭތާ މިހާރު އެތައް މަހެއް ވެއްޖެއެވެ. ނަމަވެސް އޭނާ ފަރުވާ ހޯދަމުންދަނީ ކޮން ކަހަލަ ބައްޔަކަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބައެއްގެ މެދުގައި އެކަމާ ގުޅޭގޮތުން ސުވާލު އުފެދިފައިވާއިރު ރިޝީ ނިއު ޔޯކުގައި ކެންސަރު ބަލީގެ ފަރުވާ ހޯދަނީ ކަމަށް އަޑުތައް ވަނީ އަރާފައެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި އެވޯޑު ހަފްލާއެއްގައި ވާހަކަ ދައްކަމުން ރަންބީރު ބުނީ ބައްޕަގެ ހާލު ރަނގަޅު ކަމަށާއި އެނބުރި ވަރަށް އަވަހަށް އަންނާނެ ކަމަށެވެ. އަދި ބައްޕަ ފިލްމު އިންޑްސްޓްރީ މަތިން ވަރަށް ހަނދާންވާ ކަމަށާއި އެންމެންގެ ހެޔޮ ދުއާ އާ އެކު ބައްޕަ އެނބުރި އަންނާނެ ކަމަށެވެ.

ބޮލީވުޑުގެ ގިނަ ފަންނާނުން ނިއު ޔޯކަށް ގޮސް ރިޝީ އާ ބައްދަލުކޮށްފައިވާއިރު ކޮންމެ ފަންނާނެއް ވެސް ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ރިޝީ ކަޕޫރަކީ 1990 ވަނަ އަހަރުތަކުގައި ގިނަ މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ ފަންނާނެކެވެ. ރިޝީ ކައިވެނިކޮށްގެން އުޅެނީ އެކްޓަރެސް ނީތު ސިންގާއެވެ. އެދެމީހުންގެ ދެ ކުދިން ތިބެއެވެ. އެއީ އެކްޓަރު ރަންބީރު ކަޕޫރާއި ޑިޒައިނާ ރިދިމާ ކަޕޫރު ސަހާނީއެވެ.
ހިޔާލު