MMPRC ge report ge mahsalagai sifain ge 2 officer aku suspend koff
image
ސިފައިންގެ ތަމްރީންތަކެއްގެ ތެރެއިން: ފައިލް ފޮޓޯ
0 ކޮމެންޓް
 

އެމްއެމްޕީއާރުސީގެ ރިޕޯޓްގެ މައްސަލާގައި ސިފައިންގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި

އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން، ނެރުނު ރިޕޯޓުގައި ނަން ހިމެނިފައިވާ ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ގޭގައި މަޑުކުރުމަށް އަންގާފައިވަނީ މޭޖަރ އިބްރާހިމް ނަވީން ޒުބައިރު އަށާއި ކެޕްޓަން އިސްމާއީލް ޝަކީބްއަށް ކަމުގައެވެ. މި ދެބޭފުޅުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ގިނަ މުއާމަލާތް ހިންގި އެސްއޯއެފުން ފައިސާ ޖަމާކުރި މީހުންގެ ލިސްޓްގައި ހިމެނޭ ދެ ބޭފުޅުންނެވެ.

ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ނަވީން އާއި ޝަކީބް ގޭގައި މަޑުކުރުމަށް އަންގާފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ސަރުކާރުން ބަލަމުންދާ މައްސަލައާއި ގުޅިގެން ކަމުގައެވެ.

އެމްއެންޕީއާރުސީގެ ހިޔާނާތާއި ގުޅޭގޮތުން އޭސީސީން ނެރުނު ރިޕޯޓްގައި ނަން ހިމެނުނު ސަރުކާރުގެ އިސް ބައެއް ބޭފުޅުނަށްވެސްވަނީ ފިޔަވަޅު އަޅާފައެވެ. އެގޮތުން މައްސަލަ ބަލާ ނިމެންދެން ބައެއް ވަޒީރުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ ބައެއް އިސްވެރިންވަނީ ސަސްޕެންޑް ކޮށްފައެވެ.
ހިޔާލު