Idhikolhu kendideytu dhogu hadhaakan eynaage bayaanun evanee falhaaaraafai: Mabrook
image
0 ކޮމެންޓް
 

އެއީ ދޮގު ތުހުމަތެއް، އިދިކޮޅު ކެންޑިޑޭޓު ދޮގު ހަދާކަން އޭނާގެ ބަޔާނުން އެވަނީ ފަޅާއަރާފައި: މަބްރޫކް

ޕީއެސްއެމްގެ މަޖިލިސް ބަހުސްގެ ތެރެއިން ވ. އަތޮޅު ފެލިދޫ ދާއިރާގެ ކެންޑިޑޭޓުންނަށް ބޭއްވި ބަހުސްއަށް އެމްޑީޕީ ކެނޑިޑޭޓު މުހައްމަދު މަބްރޫކް އަޒީޒް ނުފޫޒުފޯރުވިކަމަށް އިދިކޮޅު ކެންޑިޑޭޓް އަބްދުﷲ އާރިފް ހައްދަވަނީ ކަނޑައެޅިގެން ދޮގު ކަން އާރިފް ނެރުއްވާފައިވާ ބަޔާނުން ފަޅާއަރާފައިވާ ކަމަށް މަބްރޫކް ވިދާޅުވެއްޖެ އެވެ.
މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ބަހުސްއިން ފުރުސަތު ލިބިވަޑައިނުގެންނެވުމުން އާރިފް ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ "ޓީވީއެމް އިން ސަބަބެއް ކަމަށް އޭނާއަށް ބުނެފައިވަނީ ގަނޑިޖެހިގެން އައިކަމަށާއި އެހެންވުމުން ފެލިދޫ ދާއިރާގެ މަޖިލިސް ބަހުސްގައި ބައިވެރިވާ އެހެން ކެނޑިޑޭޓުން އަޅުގަނޑު ބަހުސްގައި ބައިވެރިވެރިވުމަށް އިންކާރުކުރާތީވެ މިފުރުސަތު ގެއްލުނީ ކަމަށެވެ.

އާރިފު ނެރުއްވި ނޫސްބަޔާނެއްގައި އިތުރަށް ވިދާޅުވެފައިވަނީ، އޭނާ މަޖިލިސް ބަހުސްގައި ބައިވެރިވުމަށް ޓީވީއެމްއަށް ވަޑައިގަނެވުނީ 10:29 ގައި ކަމަށެވެ. ނަމަވެސް ގަޑިޖެހުނުކަމަށް ބުނެ މަޖިލިސް ބަހުސް 2019 ފުރުސަތު ގެއްލުވާލާފައިވާކަމަށެވެ. ނަމަވެސް އާރިފް އެހެން ވިދާޅުވި އިރު ކެންޑިޑޭޓުން ބަހުސް އަށް ހާޒިރުވާން ޖެހޭ ގަޑިއަކީ ލަސްވެގެން 10:15 ކަމުގައި ތަކްރާރުކޮށް ކެންޑިޑޭޓުންނަށާއި ޕާޓީތަކަށް ވެސް އަންގާފައިވާނެކަމަށް ޕީއެސްއެމުން ބުނެ އެވެ.

އާރިފުގެ އަމިއްލައަށް ނެރުއްވި ބަޔާނުން އޭނާ ގަޑި ޖެހިގެން ހާޒިރުވިކަމަށް އެއްބަސްވެވަޑައިގެންނެވުމަށް ފަހު އެހެން ކެންޑިޑޭޓެއްގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަމަށާއި އަދި އެ ފަދަ ކަމެއް ކެންޑިޑޭޓަކަށްވެ ހުންނަވއިގެން ކުރެއްވުމުން ހިތާމަކުރައްވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

ޕީއެސްއެމްގެ ސްޕޯކްސް ޕާސަން ހުޝާމާ ސީއެންއެމްއަށް ވިދާޅުވީ، ޕީއެސްއެމްއިން އެއްވެސް ކެނޑިޑޭޓަކާމެދު ތަފާތުކުރުމެއް ނުގެންގުޅޭކަމަށެވެ. އަދި ކޮންމެ ކެނޑިޑޭޓެއް ވެސް ބަހުސް ފެށުމުގެ 20 މިނެޓު ކުރިން ޓީއެމްއެމްއަށް ހާޒިރުވުމަށް އެދިފައިވާނެކަމަށެވެ. އެގޮތަށް އެދިފައިވަނީ ބަހުސް ފެށުމުގެ ކުރިން ގުރުއަތުލުމާއި ބްރީފިން ދޭން ޖެހޭތީކަމަށެވެ. އަދި ބަހުސްއާއި ގުޅޭ އުސޫލުތައް ކޮންމެ މެމްބަރަކަށާއި ޕާޓީތަކަށް ވަކިވަކިން ކިޔައިދީފައިވާނެކަމަށެވެ. ނަމަވެސް، އާރިފް ނެރުއްވި ނޫސް ބަޔާނުގައި ވެސް އޭނާ ޓީއެމްއަށް ވަޑައިގަތީ 10:29 ގައިކަން ހާމަވާން އޮތް ކަމަށެވެ.

"ކޮންމެ ކެނޑިޑޭޓަކަށްވެސް ހާޒިރުވާން ޖެހޭ ގަޑި 24 ގަޑީރު ކުރިން އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަންގަން. އެރޭ ކެނޑިޑޭޓުން ވަޑައިގަންނެވޭނެ އެންމެ ލަސްގަޑިއަކީ 10:10 އެއް. 10:15 ގަވެސް އަޅުގަނޑުމެން ގުޅިން ފޯނެއް ނުނަންގަވާ،" ހުޝާމާ ވިދާޅުވިއެވެ.
ހިޔާލު