Ihusaan fihaara kairi park koffai huri cycle thakehgai rokohlaifi
image
ޕާކްކޮށްފައި ހުއްޓާ ރޯކޮށްލި ސައިކަލުތައް.-- ފޮޓޯ: އެމްއެންޑީއެފް
0 ކޮމެންޓް
 

އިހުސާނު ފިހާރަ ކައިރީ ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި

މާފަންނުގައި ހުންނަ އިހުސާނު ފިހާރަ ކައިރި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ ސައިކަލު ތަކުގައި ރޯކޮށްލާފައިވަނީ ރޭ 03:45 ހާއިރު އިހުސާނު ފިހާރައިގެ ދެކުނު ހުޅަނގު ކަންމަތީގެ އަނެއް ފަޅީގައި ހުރި ސައިކަލުތަކެއްގައި ކަމަށެވެ. އެހާދިސާގައި ހަތް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ދެސައިކަލަކަށް އެކިވަރުގެ ގެއްލުން ވެފައިވާ ކާމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ސައިކަލުތައް ޕާކުކޮށްފައި ހުރި ދިމާލުގައި ހުރި ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާއިރު އެ މައްސަލައިގަ އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މިހާރު އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ހިޔާލު