BML ge hihsaadhaarunnah 129 million, hihsaa akah 24 Rufiya
image
ބީއެމްއެލްގެ ބްރާންޗެއް ހުޅުވުމުގެ ތެރެއިން.-- ފޮޓޯ: ބީއެމްއެލް
0 ކޮމެންޓް
 

ބީއެމްއެލްގެ ހިއްސާދާރުންނަށް 129 މިލިޔަން، ހިއްސާ އަކަށް 24ރ.

ގައުމީ ބޭންކް، ބީއެމްއެލްގެ ހިއްސާދާރުންނަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ ތެރެއިން 129 މިލިޔަން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
ކުއާޓާލީ ރިޕޯޓްތަކުން ދައްކާ ގޮތުން މިދިޔަ އަހަރު އެއް ބިލިޔަންގެ ސާފު ފައިދާއެއް ހޯދި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތަށް އަހަރީ އާންމު ޖަލްސާގައި ފާސްވެއްޖެނަމަ، ކޮންމެ ހިއްސާ އަކަށް 24ރ.ގެ މަގުން ޑިވިޑެންޓް ފައިސާ ދޫކުރާނެ އެވެ. އަދި އެއީ މިދިޔަ އަހަރު ބީއެމްއެލުން ހިއްސާދާރުންނަށް ބެހި ވަރަށް ވުރެ ނުވަ ޕަސެންޓް އިތުރު އަދަދެކެވެ.

ބީއެމްއެލްގެ ހިއްސާދާރުންނަކީ އާންމުންގެ އިތުރުން ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކެވެ. އެގޮތުން 62.2 ޕަސެންޓް ސަރުކާރު ހިއްސާ އޮންނަ އިރު އާންމުންގެ އޮންނަނީ 33.7 ޕަސެންޓް ހިއްސާ އެވެ. ބާކީ 4.1 ޕަސެންޓަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިއްސާ އެވެ.

ޑިވިޑެންޓްގެ ގޮތުގައި ހިއްސާއަކަށް 24ރ. ބަހަން ބޭންކުން ނިންމި އިރު، އެ ނިންމުން ފާސްކުރާނީ އަހަރީ އާންމު ޖަލްސާގައި ކަމަށް ވާއިރު، އެ ޖަލްސާ ބާއްވާނެ ތާރީހެއް ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.
ބީއެމްއެލް ކުންފުނި
ހިޔާލު