Siyaaseegothun hiyaalu thafaathuvumakee tharahgee ah burooaraakamakah vegen nuvaane: Home Minister
image
ކުޅުދުއްފުށީ ސްޓޭޓް ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން.-- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ސިޔާސީގޮތުން ހިޔާލު ތަފާތުވުމަކީ ތަރައްގީ އަށް ބުރޫއަރާކަމަކަށް ވެގެން ނުވާނެ: ހޯމް މިނިސްޓަރު

ސިޔާސީގޮތުން ހިޔާލު ތަފާތުވުމަކީ މުޅިގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ބުރޫއަރާ ކަމަކަށް ވެގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގެ ސްޓޭޓް ހައުސް ހުޅުއްވައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ސިޔާސީގޮތުން ހިޔާލު ތަފާތުވުމަކީ މުޅިގައުމުގެ ތަރައްގީ އާއި ކުރިއެރުމުގެ އިތުރުން އިޖުތިމާއީ ހަމަޖެހުމަށް ބުރޫއަރާފަދަ ކަމަކަށް ހަދައިގެންނުވާނެކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ތަރައްގީ ކުރާ ތަންތަން ވީރާނާވެ ހަލާކުވެގެން ހިނގައިދާނެކަމަށެވެ.

"އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންގެ ކިބައިން އެދެނީ މިތަންތަން ކުރިއަރުވާ ތަރައްގީކުރުމަށްޓަކާ، އަޅުގަނޑުމެންގެ އާ ވިސްނުންތައް ގެނެސް އާ ހިޔާލުތަކާއެކުގައި މަސައްކަތްތައް ފެށި، ކައުންސިލާ ސަރުކާރުގެ އެއްބާރުލުން ލިބިގެން އިރާދަކުރެއްވިއްޔާ އެހެން ހަރުފަތަކަށް މިތަނުގެ ހިދުމަތް ވެސް ގެންދިއުން. އަޅުގަނޑުމެން މިތިބީ އިރާދަކުރެއްވިއްޔާ ސަރުކާރުގެ ފަރާތުން ދެވެން އޮތް އެއްބާރުލުމެއް ދިނުމަށް ތައްޔާރަށް." މިނިސްޓަރު ވިދާޅުވި އެވެ.

މަރާމާތަށްފަހު ބަދަލުތަކެއް ގެނައުމަށްފަހު އަލުން ރޭ ހުޅުވި އިރު، މިނިސްޓަރު ވިދާޅުވީ ހދ. އަތޮޅުގެ ވެރިރަށް ކަމަށްވާ ކުޅުދުއްފުށި، ސިޓީއެއްގެ ގޮތުގައި ވެގެން ދާއިރު އެފަދަ މުހިއްމު މުއައްސަސާއެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ތަރައްގީގެ އެފަދަ މަސައްކަތްތައް ކުރެވިގެންދަނީ ރައްޔިތުންނާއިމ ވިޔަފާރިވެރިން އަދި ސަރުކާރުގެ މުއައްސަސާތައް ގުޅިލާމެހިގެންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ހިންގި އެ މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ އަތޮޅުގެތައް ހިންގުމުގެ ބޭނުމަށްޓަކައި ދައުލަތުގެ ފަރާތުން ބިނާކޮށްފައިވާ ޢިމާރާތްތަކާއި، ދައުލަތުގެ ފަރާތުން ހޯދާފައިވާ ވަސީލަތްތަކާއި، ރަށްރަށުގެ ހިންގުމުގެ ބޭނުމަށްޓަކައި ބިނާކޮށްފައިވާ އިމާރާތްތަކާއި، ވަސީލަތްތައް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެއްސުން ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު