Raees Yameen ge shareeai kuriah nudhaathee kanboduvey: Lawyer
image
ރައީސް ޔާމީން ޖަލަށް ގެންދަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުހައްމަދު ފަތުހުﷲ
1 ކޮމެންޓް
 

ރައީސް ޔާމީންގެ ޝަރީއަތް ކުރިއަށް ނުދާތީ ކަންބޮޑުވޭ: ވަކީލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ނުފެށި ލަސްވަމުންދާތީ، އެކަމާ ކަންބޮޑުވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ސިޔާޒު ވިދާޅުވެއްޖެ އެވެ.
ސީއެންއެމަށް ސިޔާޒު މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ އެތައް ހައްގުތަކެއް ގެއްލެމުންދާ ކަމަށެވެ. އަދި ޖަލުގައި ނުވަތަ ގޭ ބަންދުގައި ބެހެއްޓުމަކީ ދެވޭ އަނިޔާއެއް ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ އަޑުއެހުންތައް ނުބާއްވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށްވެސް ސިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލެޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) 80 މިލިއަން ޑޮލަރުގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އެފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމާއި މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން، އެމައްސަލާގައި ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ، ހެކީންނަށް ނުފޫޒު ފޯރުވުމާއި ރިޝްވަތު ހުށަހަޅަމުންދާ ކަމަށްބުނެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ވަނީ ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ.

ޕީޖީ އޮފީހުން ހެއްކާއެކު ލިޔެކިޔުންތައް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ޝަރީއަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ރައީސް ޔާމީން ޖަލަށްލުމާއިއެކު، ބަލި ހާލަތު ބޮޑުކަމުން، މިމަހުގެ 13 ވަނަ ދުވަހު ކަރެކްޝަނަލް ސާވީސްއިން ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ. މިހާރުވެސް ރައީސް ޔާމީން ހުންނެވީ ގޭ ބަނދުގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ބުނީ ރައީސް ޔާމީން ވަގުތީގޮތުން ގެއަށް ބަދަލުކޮށްފައިވަނީ ބަލިހާލަތު ހުރިގޮތުން ޑޮކްޓަރުންގެ ލަފާގެ މަތިން ކަމުގައެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ ގައިދީން އަމަލު ކުރަންޖެހޭ އުސޫލުން ވަކިކަންކަމަކަށް އެއްބަސްވެ އެ އެއްބަސްވުމުގައި ޔާމީންގެ އަނބިކަނބަލު ފާތިމަތު އިބްރާހީމް ސޮއި ކުރެއްވުމުން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ޖަލަށް ގެންދެވުނު ފަހުން ރައީސް ޔާމީން ތިން ފަހަރެއްގެ މަތިން ވަނީ ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރެވިފައެވެ.
ހިޔާލު

ދަރީ

ހާދަ ފިނޑި މީހެކޭ ދޯ މި މާ ފުއްޕާފަ ވެރިކަމުގަ ހުރިއިރު މީހުންނަށް އަނިޔާކޮށް ގައުމު ލޫޓުވާލީ