Alia Hunaruveri Tharieh: Bhansali
image
އާލިއާ (ކ) އާއި ބަންސާލީ
0 ކޮމެންޓް
 

އާލިއާއަކީ ހުނަރުވެރި ތަރިއެއް: ބަންސާލީ

ބޮލީވުޑުގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "އިންޝާﷲ" ގެ ލީޑު ބަތަލާގެ ރޯލަށް ނަގާފައިވާ އާލިއާ ބަޓްއަކީ ވަރަށް ހުނަރުވެރި އެކްޓަރެއް ކަމަށާއި އާލިއާ މަސައްކަތް ކުރާ ފިލްމެއް ކޮންމެވެސް ދުވަހަކުން ޑައިރެކްޓުކުރާނެކަން އެނގޭ ކަމަށް ބަންސާލީ ބުނެފިއެވެ.
ފިލްމީ އާއިލާއަކަށް ނިސްބަތްވާ އާލިއާ ހަގު އުމުރެއްގައި އެ ދާއިރާއަށް ނުކުމެފައި ވަނީ ކަރަން ޖޯހަރުގެ ފިލްމު "ސްޓޫޑަންޓް އޮފް އިޔާ" އިންނެވެ. އާލިއާގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ކަރަން އާއިލާ ބޮލީވުޑަށް ތައާރަފުކޮށްދިންއިރު އާލިއާ މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ ވެސް ކަރަންގެ ފިލްމުތަކުންނެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާލިއާއަށް ބޮޑު މަގުބޫލުކަމެއް ލިބުނުއިރު ބަންސާލީގެ ފިލްމެއްގައި އާލިއާއަށް މަސައްކަތް ކޮށްލުމަށް ފުރުސަތު ލިބުމަކީ ކުޑަ ކަމެއް ނޫނެވެ. ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑުގައި މަސައްކަތްކުރި މީހުންނަށް ވެސް އޭނާ ޑައިރެކްޓުކޮށްލާ ފިލްމަކުން ފެނިލަން ވެސް ފުރުސަތު ނުލިބޭއިރު އާލިއާ ފަދަ ފިލްމީ ދާއިރާއަށް ހަގު ތަރިއަކަށް ބަންސާލީއާއެކު މަސައްކަތް ކުރަން ލިބުމަކީ އާލިއާ އޭނާގެ އެކްޓިން ޖާދޫގައި ހަމަ ރަނގަޅަށް ވެސް ބަންސާލީ ޖައްސާފައިވާކަންކަން ކަށަވަރެވެ.

އެމީހަކާއެކު މަސައްކަތްކޮށްލަން އެތައް ބޮލީވުޑު ތަރިންނެއް އެދިއެދި ހުއްޓާ އެފުރުސަތު އާލިއާއަށް ލިބުނީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. އެގޮތުން އެކަމަށްޓަކައި ފެން ބޮވައިގެންފައި ހުއްޓާ އެފުރުސަތު ލިބުނީތީ ބަންސާލީއަށް އާލިއާ ޝުކުރުއަދާކުރެއެވެ.

"އިންޝާﷲ" ގައި އާލިއާއެކު ފެންނާނީ ސަލްމާން ހާނެވެ. ބަންސާލީގެ ފިލްމެއްގައި 20 އަހަރަށް ފަހު މަސައްކަތްކުރަން ސަލްމާން ތައްޔާރުވަމުން އަންނައިރު މިއީ އާލިއާ އާއި ސަލްމާން އެކުގައި ފެންނާނެ ފުރަތަމަ ފަހަރެވެ.

"ހަމް ދިލް ދޭ ޗުކޭ ސަނަމް" ފަދަ ކާމިޔާބު ފިލްމުތައް ސިނަމާތަކަށް ގެނެސްދީފައިވާ ބަންސާލީ ވަނީ "ޕަދްމާވަތު" އާއި "ދޭވްދާސް" އަދި "ރާމް ލީލާ" އާއި "ބާޖިރާއޯ މަސްތާނީ"ގެ އިތުރުން "ސާވަރިޔާ" އާއި "މޭރީ ކޮމް" އަދި "ގައްބަރު އިޒް ބެކް" ވެސް ޑައިރެކްޓުކޮށްފައެވެ. އެފިލްމުތަކަށް ވެސް ބެލުންތެރިންގެ ފަރާތުން ބިޑު ތަރުހީބެއް ލިބުނެވެ.
ހިޔާލު