2 million ruffiyya feyrigai massalagai mihaathanah evves meehaku hayyareh nukurey: Police
image
މިފްކޯގެ މަސްފިހާރަ --
0 ކޮމެންޓް
 

މިފްކޯގެ 2 މިލިއަން ރުފިޔާ ފޭރިގަތް މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްތަރެއް ނުކުރޭ: ޕޮލިސް

މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން ސީއެންއެމަށް ވިދާޅުވީ މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގަތް މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށާއި ނަމަވެސް އެމައްސަލަ ވަރަށް ބާރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަން އިތުރަށް ވިދާޅުވީ އެމައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލް ދެވެން ނެތްކަމަށެވެ.

މިފްކޯގެ ދެ މިލިއަން ރުފިޔާ ފޭރިގަނެފައިވާކަމުގެ ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރު 15:15 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ވިލާ ކޮލެޖެ ކަރިން ރިންގު ރޯޑުގައެވެ. ފޭރިފައިވަނީ މިފްކޯގެ ވޭނަކަށް ހަމަލާދީ ބިއްލޫރިގަނޑެއް ތަޅާލައިގެންނެވެ.

މިފްކޯގެ އޮފިޝަލެއް ވިދާޅުވެފައި ވަނީ، ފައިސާތައް ފޭރިގަނެފައިވަނީ ވޭނެއްގައި ފައިސާ ހިފައިގެން އެއާޕޯޓަށް ދިޔަ މަގުމަތީގައިކަމަށެވެ. އަދި ފޭރުނު ވަގުތު ވޭން ދަތުރުކުރަމުން ދިޔައީ އެއާޕޯޓަށެވެ. ވޭނުގައި ހުރި ފައިސާއަކީ ފެލިވަރަށް ފޮނުވި ފައިސާތަކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި ވޭން ދަތުރުކުރަމުން ދިޔައީ މިފްކޯގެ ސެކިއުރިޓީއާއެކު ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.
މިފްކޯ ޕޮލިސް ފޭރުން
ހިޔާލު