Qasim ge rahdhu: 6 gondi libeynee MDP ah
image
ގާސިމް ކެމްޕެއިން އިވެންޓެއްގައި ވާހަކަ ދައްކަވަނީ: ފައިލް ފޮޓޯ
3 ކޮމެންޓް
 

ގާސިމްގެ ރައްދު: ހަ ގޮނޑި ލިބޭނީ އެމްޑީޕީއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓީމާއި ގުޅިގެން ޖުމްހޫރީ ޕާޓީއަށް ނުވަތަ ގާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ހަ ގޮނޑިވެސް ނުނެގޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަށް ގާސިމް މިއަދު ރައްދު ވެއްވައިފި އެވެ.
އަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަލީ ނިޔާޒުގެ ކެމްޕެއިން ޖަލްސާގައި ރޭ ނަޝީދު ވިދާޅުވީ ރައީސް ޔާމީނާއި އެކު ގާސިމް އިންތިޚާބަށް ނުކުމެވަޑައިގެންނެވި ނަމަވެސް މަޖިލިހުން ހަ ގޮނޑިވެސް ޖޭޕީއަށް ނުވަތަ ގާސިމަށް ލިބިވަޑައި ނުގަންނަވާނެ ކަމުގައެވެ. އަދި އެކަމާ ޝައްކުވެސް ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދަނގެތީ ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން އިވެންޓެއްގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ނަޝީދަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ރައީސް ނަޝީދު އެފާޑަށް ވާހަކަ ދައްކަވަނީ އެމްޑީޕީއަށް ޔަގީންކަން ނެތުމުން ކަމުގައެވެ. އަދި "ފުރިފައި ހުރި އެއްޗެއް ކުޑުގުޑެއް ނާޅާނެ" ކަމަށާއި ހަ ގޮނޑި ލިބޭނީ އެމްޑީޕީއަށް ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގޮތް ނިންމާނީ ރައްޔުތުން ކަމަށާއި ލިބޭނީ ކިތައް ގޮނޑިތޯ އެނގޭނީ ރައްޔިތުން ނިންމީމަ ކަމަށެވެ. އަދި ރައްޔިތުން ނިންމާ ނިންމުން ރުހުނަސް ނުރުހުނަށް ޖެހޭނީ ގަބޫލުކުރަންކަމަށް ގާސިމް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބުގައި ކޯލިޝަން ހަދާފައިވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާއެވެ.

މަޖިލިސް އިންތިހާބުގައި އެކުގައި ވާދަކުރުމަށް އެމްޑީޕީން އެއްބަސް ނުވުމުން ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާއި ދެމެދު ހިޔާލު ތަފާތުވެ ސަރުކާރުން ކުރަން ބޭނުންވާ ބައެއް ކަންކަމަށް މަޖިލިސް ތެރެއިން އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީން މިހާރުވެސް ގެންދަނީ ހުރަސްތައް މެދުވެރި ކުރަމުންނެވެ.

ކޯލިޝަންގެ ކޯޅުމާއިއެކު ޖުމްހޫރީ ޕާޓީއާއި އެމްޑީޕީއާއި ދެމެދު އަދި ހާއްސަކޮށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި ރައީސް ނަޝީދާއި ދެމެދު ދޭތެރެއަކުން ގެންދަވަނީ މަހުގެ ހަމަލާތައް ބަދަލު ކުރައްވަމުންނެވެ.
ހިޔާލު

.ނުކިޔައި

.އަދިއަވަސް ފާޑުކިޔަށް
.ކެއުކެއިވަރުއެގޭނީ
.ބިތުފަންގިނެގީމާ
ޑެންލަލަލަށް

ހުސެން

ރަނގަޅުވާނީ ޖުމްހޫރީ ޕާރޓީއަށް އެއްގޮނޑިވެސް ނުލިބުނިއްޔާ

ބުރެކްސިޓް

ދެއުޅިއެއްނުވާ މިލިޔަނަރެއްކަމަށް ދައުވާކުރާމީހާގެ ފެންވަރަކީ ކޮބައިތޯ؟